އަރިއާނާ އާ އަލްބަމެއް ނެރެނީ

އަރިއާނާ އާ އަލްބަމެއް ނެރެނީ

Author
ފާތިމަތު ނާވީ
31 ޑިސެމްބަރ 2023 11:13
0

އެމެރިކާގެ މަޝްހޫރު ލަވަ ކިއުންތެރިއާ އަދި މޮޑެލް އަރިއާނާ ގްރާންޑޭ  އާ އަހަރާ ދިމާކޮށް އާ އަލްބަމެއް ގެނެސްދިނުމުގެ މަސައްކަތްތައް ފަށައިފި އެވެ.

އޭނަ އިންސްޓަގްރާމް ޕޯސްޓެއްގައި މިފަދަ އިޝާރާތެއް ދިން ނަމަވެސް އާ އަލްބަމާ ގުޅޭ މާ ބޮޑު ތަފުސީލެއް ނުދެ އެވެ. ނަމަވެސް ފޮޓޯތަކަކާއި ވީޑިއޯތަކެއް ވަނީ ޕޯސްޓުކޮށްފަ އެވެ. "ސީ ޔޫ ނެކްސްޓް އިޔާ" ކެޕްޝަންގައި ޖައިހައިފަިއވެސް ވެއެވެ.

އާ އަލްބަމް ނެރޭނީ ރިޕަބްލިކް ރެކޯޑްސްގެ ތައްގަނޑުގަ އެވެ. އުމުރުން މިހާރު 30 އަހަރުގެ ޒުވާން ފަންނާނު ގެ އެންމެ ފަހުގެ އަލްބަމަކީ 2020 ގެ "ޕޮޒިޝަންސް" އެވެ.

 

View this post on Instagram

 

A post shared by Ariana Grande (@arianagrande)

މިކަމާއި ގުޅޭގޮތުން މިހަތަނަށް އަރިއާނާ ބުނެފައި ވަނީ އަލްބަމްގައި ދެ މޫޑެއްގެ ލަވަތައް ހިމެނޭ ކަމަށެވެ. މީގެ ކުރިން އަރިއާނާ ވަނީ 6 އަލްބަމެއް ނެރެފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.