އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުކަމަށް މުޣުނީ

އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުކަމަށް މުޣުނީ

Author
އައިޝަތު އަޙްމަދު
26 ޑިސެމްބަރ 2023 11:13
0

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސްޓެލްކޯގެ ކުރީގެ ެނޭޖިންގ ޑިރެކްޓަރު ޙަސަން މުޣުނީ އައްޔަންކުރައްވައިފިއެވެ. ނަމަވެސް އޭނާ އެ މަޤާމަށް އައްޔަންކުރެއވްި ދުވަހެއް ސާފެއް ނުވެއެވެ.

އެމްޓީސީސީގެ ވެބްސައިޓުގައި ބުނެފައިވާގޮތުން އެކުންފުނީގެ ޑީއެމްޑީގެ ގޮތުގައި މުޣުނީގެ އިތުރުން ދެން ހިމެނިވަޑައިގަންނަވަނީ މުޙައްމަދު ޖަމްޝީދެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) ގެ ބޯޑުގެ މެމްބަރަކަށް ވެސް މުޣުނީ މިސަރުކާރުން އައްޔަންކުރިއެވެ. ނަމަވެސް ފަހުން ބޯޑުގައި މުޣުނީ ހިމަނާފައެއް ނުވެއެވެ.

މުޣުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރެއްވީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕޭން ފެށުނު ހިސާބުންނެވެ. ފުރަތަމަ ބުރުގައި މުޣުނީ ތާއީދު ކުރެއްވީ ޖުމްހޫރީ ޕާޓީގެ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.