ބޮލީވުޑް އަށް ނުކުނަން އުދަގުލެއް ނޫން: އަހާން

ބޮލީވުޑް އަށް ނުކުނަން އުދަގުލެއް ނޫން: އަހާން

Author
ފާތިމަތު ނާވީ
27 ޑިސެމްބަރ 2023 10:31
0

ބޮލީވުޑްއަށް ނުކުތުމަކީ އެއްވެސް ވަރަކަށް އުނދަގޫ ކަމެއް ނޫން ކަމަށާއި ބޮލީވުޑްއަށް ތައާރަފް ކޮށްދިނީ ބައްޕަ ކަމަށް ކުރީގެ އެކްޓަރު ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ ބުނެފިއެވެ.

މީީޑިއާ އަށް ދިން އިންޓަވިއުގެއްގައި ވާހަކަދައްކަމުން އޭނާ ބުނީ އޭނާއަށް މިދާއިރާއަށް ނުކުތުންވީ ވަރަށް ފަސޭހަ ކަމެއް ކަމަށެވެ. އަދި ބައްޕަ އަކީ މި ދާއިރާގެ މީހެއް ކަމުން އޭނާ އަށް ބޮލީވުޑްގެ ފުރުސަތު ފަހިވެގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.

 

View this post on Instagram

 

A post shared by Ahan Shetty (@ahan.shetty)

އަހާން ބޮލީވުޑްއަށް ނިކުމެފައިވަނީ 2021 ވަނަ އަހަރުގެ ފިލްމް "ތަޅަޕް" އިންނެވެ. އެ ފިލްމް އަކީ ބެލުންތެރިންގެ މާބޮޑު ތަރުހީބެއް ލިބިގެންދިއަ ފިލްމްއެއް ނޫނެވެ. ފިލްމްއަށް ލިބުނު ފިނި ތަރުހީބާއި އެކުގައި އޭނާގެ އިތުރު ފިލްމް އެއް މިހާތަނަށް ރިލީޒް ވެފައިއެއް ނުވެއެވެ.

 

View this post on Instagram

 

A post shared by Ahan Shetty (@ahan.shetty)

އިތުރަށް ވާހަކަ ދައްކަމުން އަހާން ބުނީ  ކޮންމެ ގޮތަކަށް ދާއިރާއަށް ނިކުމެވުނަސް މުހިއްމު ވާނީ މީހާގެ ހުނަރު ކަމަށާއި އެގޮތުން މަޝްޙޫރު އެތައް ފަންނާނެއްގެ ކުދިން ވެސް މި ދާއިރާއިން ފެއިލް ވެފައިވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.