"މެރީ ކްރިސްމަސް" ގެ ޓްރެއިލާ ދައްކާލައިފި

"މެރީ ކްރިސްމަސް" ގެ ޓްރެއިލާ ދައްކާލައިފި

Author
ފާތިމަތު ނާވީ
25 ޑިސެމްބަރ 2023 12:32
0

ބޮލީވުޑްގެ ރީތި ބަތަލާ ކެޓްރީނާ ކައިފް އާއި ސައުތުގެ އެފަދަ ދެވަނެއް ނުވާ ކާމިޔާބު އެކްޓަރ ވިޖޭ ސެތުޕަތީ އެކުގައި ފެނިގެންދާ ފިލްމް "މޭރީ ކްރިސްމަސް" ގެ ތްރެއިލާ ދައްކައިލައިފިއެވެ.

އޭނަ ވަރަށް ތަފާތު ރޯލަކުން ފެންނާނެ މި ފިލްމަކީ ތުރިލާތައް ގެނެސްދޭން ކުޅަދާނަ ޑައިރެކްޓަރު ސްރީރާމް ރަގްވަންގެ ފިލްމެކެވެ. އޭނަ އަކީ "އަންދާދުން" އާއި "ބަދުލާޕޫރް" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.

 

View this post on Instagram

 

A post shared by Tips Films (@tipsfilmsofficial)

"މޭރީ ކްރިސްމަސް" އަކީ އިންޓަވަލެއް ނުހިމެނޭ ގޮތަށް ހަދާ 90 މިނިޓްގެ ފިލްމެކެވެ. ބޮލީވުޑް ހަންގާމާއިން ބުނިގޮތުގައި މި ފިލްމު ސްރީރާމް ހަދަނީ ކުރު ވާހަކައެއްގެ މައްޗަށް ބިނާކޮށެވެ.

ވަރަށް އުންމީދީ ފިލްމެއްގެ ގޮތުގައި ފާހަގަކޮށްލެވޭ "މެރީ ކްރިސްމަސް" ގެ ކާސްޓްގައި ސަންޖޭ ކަޕޫރް، ވިނޭ ޕަތަކް، ޕްރަތިމާ ކަޒްމީ، ޓިނޫ އާނަންދު، ރާދިކާ ސަރަތުކުމާރު އަދި ރާދިކާ އަޕްޓޭ ހިމެނެ އެވެ.

މި ފިލްމް ސިނަމާތަކަށް ގެންނަން ތާވަލް ކޮށްފައި ވަނީ އައު އަހަރުގެ ކުރީކޮޅު، ޖެނުއަރީ 12 ވަނަ ދުވަހުގައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.