ޖެކުއަލިން އަށް ސުކޭޝް ގެ އިންޒާރެއް

ޖެކުއަލިން އަށް ސުކޭޝް ގެ އިންޒާރެއް

Author
ފާތިމަތު ނާވީ
24 ޑިސެމްބަރ 2023 07:49
0

ބަތަލާ ޖެކުއަލިން ފެރްނާންޑޭޒް ގެ ކުރީގެ ލޯބިވެރިޔާ ސުރޭޝް ޗަންދްރާޝޭކަރު އިންޒާރުގެ ސިޓީއެއް އޭނާ އަށް ފޮނުވައިފިއެވެ.

މަނީ ލޯންޑަރިންގެ ތުހުމަތު ޖަލުހުކުމެއް މިހާރު ތަންފީޒު ކުރަމުން އަންނަ ސުކޭޝް އާއި ޖެކުއަލިން އާއި ދެމީހުން ވަނީ ލޯބީގެ ގޮތުން ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެއް އުޅެފައިއެވެ.

އޭނާ ޖަލުގައި ހުރި ނަމަވެސް ލޯބީގެ ސިޓީއާއި ނޯޓުތަކާއި މިފަދަ އެއްޗިސް ދިއައީ ޖެކުއަލިން އަށް ފޮނުވަމުން ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ދިއައީ ބުނަމުނެނެވެ.

އެއާއި އެކުގައި މިކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް އެކަން ހުއްޓުވައިދޭން ޖެކޮލީން އެދުމުން އެންމެފަހުން އޭނާއަށް ސުރޭޝް ވަނީ އިންޒާރުގެ ސިޓީއެއް ފޮނުވާފަ އެވެ. ވަރަށްބޮޑަށް ސުކޭޝް ހުރީ އެކަމާއި ހިތްހަމަ ނުޖެހިފައި ކަމަށް މީޑިއާއިން އަންނަނީ ބުނަމުންނެވެ.

އެ ސިޓީގައި މުޅި ދުނިޔެއަށް ޖެކުއަލިން ބޭޒާރު ކުރަން ޖެހިދާނެ ކަމަށާއި މިހާތަނަށް ވެސް އެކަން ނުކޮށް ހުރީ އޭނާއާ ދޭތެރޭ ވިސްނާތީ ކަމަށް ސުރޭޝް ބުނެފައިވެ އެވެ. މީގެ ކުރިން ސުކޭޝް ވެސް އަސި ޖެކުއަލިންވެސް ވަނީ ދެމީހުން އެކަކު އަނެއްކަކު ދެކެ އިންތިހާއަށް ލޯބިވާކަމަށް ބުނެފައިއެވެ.

މި މައްސަލައިގައި ޖެކުއަލިން އާއިވެސް ވަނީ އެތައް ފަހަރެއްގެ މަތިން އިންޑިއާގެ އެންފޯސްމަންޓް ޑައިރެކްޓަރޭޓް (އީޑީ) އިން ވަނީ އޭނާއާ ސުވާލު ކޮށްފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހޮޅި މީހާ
' ސިޓީ އާއި ނޯޓު ތަކާއި މިފަދަ އެެއްޗިސް ދިޔައީ ... '، މިއީ ދިވެހިބަހުގެ ގަވާއިދާއި ހަމަތަކާއި ޚިލާފު ބަހެއް. މިތަނުގައި ލިޔަން ޖެހެނީ ' މިފަދަ އެއްޗެހި ދިޔައީ ... ' މިހެން. އެއްޗެހި، އެއްޗެއްސާއި، އެއްޗެހި ވެސް މިހެން. އެއްޗެސް، އެއްޗެސްސާއި، އެއްޗެސްވެސް މިހެނެއް ނޫން.