ދޮގު ފެތުރުމަކީ ޚިލާލު ފާޅުކުރުމެއް ނޫން: އިބުރާ

ދޮގު ފެތުރުމަކީ ޚިލާލު ފާޅުކުރުމެއް ނޫން: އިބުރާ

ދޮގު ޚަބަރު ފެތުރުމަކީ ގާނޫނު އަސާސީން ދީފައިއޮތް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް ނޫންކަމަށާއި ޚަބަރެއް ފަތުރާނަމަ އޭގެ ތެދު ގޮގު ކަށަވަރު ކުރަންޖެހޭނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ފާޑު ކިޔަމުން އައި ދެ ނޫހެއް ސަރުކާރުން ބްލޮކް ކުރުމާއި ގުޅިގެން ސަރުކާރަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒު ވެފައި ވަނިކޮށް، އިބުރާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދޮގާއި ފިތުނަ ފެތުރުން ހުއްޓުވާން ކުރާ މަސައްކަތަކީ ހިޔާލުފާޅު ކުރުމަށް ހުރަސްއެޅުމެއް ނޫންކަމުގައެވެ.
އެހެން މީހަކު ނުވަތަ ބަޔަކު ވަކި ކަމެއް ކުރިކަމަށް ނުވަތަ ނުކޮށް ދޫކޮށްލިކަމަށް ބުނުމަކީ ހިޔާލު ފާޅުކުރުމެއް ނޫނެވެ. އެއީ ހަބަރު ފެތުރުމެވެ. އެފަދަކަމެއްގެ ވާހަކަ ބުނާނަމަ، އެކަމެއްގެ ތެދު ދޮގު ކަށަވަރު ކުރުމާއި، އެވާހަކައެއް ބުނާ މީހާއާމެދު ދައުވާއެއް އުފުލިއްޖެ ނަމަ، ތިމާ ބުނީ ތެދެއްކަން ސާބިތުކޮށްދިނުމަކީ ބުނާ މީހާގެ މައްޗަށް އޮންނަކަމެކެވެ.
އިބުރާގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

އިއްޔެ ރޭގެ ވަގުތެއްގައި ސަރުކާރުން ވަނީ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމްގެ ނަމުގައި ހިންގަމުން އައި ދެ ވެބްސައިޓެއް ބުލޮކް ކޮށްފައެވެ. މި ދެ ވެބްސައިޓަކީވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުމުގެ ނަޒަރަކުން ލިޔަމުން އައި ދެ ވެބްސައިޓެކެވެ.

މި ދެ ވެބްސައިޓު ބްލޮ ކުރިމައްސަލާގައި ސަރުކާރަށް ފާޑުކިޔުން އަމާޒު ކުރަމުން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްލާއިލު ވިދާޅުވެފައިވަނީ ދެ ވެބްސައިޓް ބުލޮކު ކުރަން އެންގި ވަޒީރު އާދަމް ޝަރީފް ދިފާއީ ވަޒީރު ކަމުގައި ހުއްނެވިއިރު މަޖިލީހުގެ ތާރީހުގައި އަލަށް ސިފައިން ވައްދާ މެމްބަރުންނަށް އަނިޔާ ކުރެއްވި ކަަމަށެވެ. އަދި މިހާރު ކޮމިއުނިކޭޝަން އޮތޯރިޓީ (ކޭމް) މެދުވެރިކޮށް ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ނައްތާލުމަށް މަސައްކަތް ފައްޓަވާފައިވާ ކަަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމްވެސް ފުށިދިއްގަރަށް، ރުހުން ދޭންޖެހޭ އެއްވެސް ސަބަބެއް ނުފެނޭ.

ފައްޔާޒު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

މި ދެނޫސް ބްލޮކް ކުރުމާއި ގުޅިގެން ސަރުކާރުގެ ތަރުޖަމާ މުހައްމަދު ޝަހީބު ވިދާޅުވެފައިވަނީ މިސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަން ހަނި ނުކުރާނެ ކަމަށާއި، ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާ ދާއިރާގައި އޮންނާނެ ކަމަށެވެ.

ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން އަރުވަން.

ޝަހީބު ވިދާޅުވި އެވެ.

ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް އަކީ ރަޖިސްޓާ ކޮށްގެން ހިންގާ ދެ ނޫހެއް ނޫނެވެ. އެކަމަކު ރާއްޖޭގައި މިހާތަނަށް ވެސް ރެޖިސްޓްރީނުކޮށް ނޫސްތައް ހިންގަ އެވެ. އަދި އިސްރާއީލު ފަދަ ގައުމަތަކުން ހިންގާ އޮންލައިން ނޫސްތައްވެސް ރާއްޖޭގައި ބްލޮކު ކޮށްފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *