ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވަމުން ދާއިރު މިހާލަތުގައި ވަސީލަތްތައް އިތުރު ކުރާންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވެ އެއަރޕޯޓގެ އިމިގްރޭޝަން ކައުންޓަރުގައި ގިނަ ޢަދަދެއްގެ ފަތުރުވެރިން ކިއުގައި ގިނަ އިރުތަކެއް ތިބޭކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކާއި ގުޅިގެންނެވެ.
ބޮންޑެ ވިދާޅުވީ ހަތަރު ފަސް ގަޑިއިރު ކިއުގައި ކޮޅަށް ތިބެ އިރު އޮއްސުމުގެ ކުރީން ދާންވާ ރިސޯޓަށް ނުދެވި މާލޭ ސަރަހައްދުގައި ތާށިވާން ނުޖެހޭނެ ހަލުވި އަވަސް އުސޫލަކަށް އިންތިޒާމްވާންޖެހޭކަމަށެވެ.
ފަތުރުވެރިން ހާހުން ހާހުން އިތުރުވަމުން ދާއިރު މިހާލަތުގައި ވަސީލަތްތައް އިތުރު ކުރާންޖެހެއެވެ .
ހަތަރު ފަސް ގަޑިއިރު ކިއުގައި ކޮޅަށް ތިބެ އިރު އޮއްސުމުގެ ކުރީން ދާންވާ ރިސޯޓަށް ނުދެވި މާލޭ ސަރަހައްދުގައި ތާށިވާން ނުޖެހޭނެ ހަލުވި އަވަސް އުސޫލަކަށް އިންތިޒާމްވާންޖެހެވެ pic.twitter.com/TaboHrR6T1— Ibrahim Rasheed (@BondeM4) December 13, 2020
ކޯވިޑް-19އާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު ހުޅުވާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި މިހާރު ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވެފައިވާއިރު ދުވާލަކު އެވްރެޖުކޮށް ދެހާހަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރެއެވެ. ނަމަވެސް އިމިގްރޭޝަންގެ ބައެއް ކައުންޓަރުތައް އެއަރޕޯޓްގައި ހުސްކޮށް ހުންނަކަމަށާއި، އިމިގްރޭޝަންގެ ޚިދުމަތްތައް ލަސްކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ވީޑިއޯއެއް ދައުރުވަމުންނެވެ.
ކޮމެންޓު ފޮނުވާ