ސްކޫލްތަކަށް ބޭނުންވާ ގިނަ ޢަދަދެއްގެ ސާމާނު ޔުނިސެފުން ހަދިޔާކޮށްފި

ސްކޫލްތަކަށް ބޭނުންވާ ގިނަ ޢަދަދެއްގެ ސާމާނު ޔުނިސެފުން ހަދިޔާކޮށްފި

Author
މުޙައްމަދު ޖިމީ
13 ޑިސެމްބަރ 2020 03:59
0

ޔުނިސެފުން ރާއްޖެއަށް 420 ލެޕްޓޮޕާއި، ދަރިވަރުން ކިޔެވުމަށް ބޭނުންވާ 2726 ފޮތާއި ޑިސްިންފެކްޓްކުރުމަށް ބޭނުންވާ 2903 ސާމާނު އެޑިއުކޭޝަން މިނިސްޓްރީއަށް ހަދިޔާކޮށްފިއެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރިގައި ބޭއްވެވި ރަސްމިއްޔާތެއްގައި މިތަކެތި ޔުނިސެފްގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީއާއި ހަވާލުކުރެއްވީ ޔުނިސެފުން ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބު މުޙައްމަދު އަލް-މުނީރެވެ. އަދި މިނިސްޓްރީގެ ފަރާތުން އެތަކެއްޗާއި ހަވާލުވެވަޑައިގަތީ އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޢަލީ އެވެ.

މިތަކެއްޗާއި ހަވާލުވެވަޑައިގެން މިނިސްޓަރ ވަނީ މިފަދަ ދަނޑިވަޅެއްގައި ޔުނިސެފުން ރާއްޖެއަށް ހަދިިޔާކުރެއްވި ތަކެތިގެ ސަބަބުން ތަޢުލީމީ ދާއިރާއަށް ވަރަށް ބޮޑު ފައިދާއެއް ވާނެކަން ފާހަގަކުރައްވާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ޔުނިސެފުން ކެނޑިނޭޅި ވަމުން އަންނަ އެހީތެރިކަމަށްވެސް ޝުކުރު އަދާކުރެއްވިއެވެ.

ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ނައްތާލާ، މި ޙާލަތުގައިވެސް ދަރިވަރުންނަށް ބޭނުންވާ ތަޢުލީމުގެ ކަންކަން ފުރިިހަމަކޮށްދިނުމުގައި އެޑިއުކޭޝަން މިނިސްޓްރީއަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ޔުނިސެފުން އަންނަނީ ފޯރުކޮށްދެމުންނެވެ.

ޔުނިސެފުން މީގެ ކުރިންވެސް ވަނީ ރާއްޖޭގެ 22 ސްކޫލެއްގައި 44 ހޭންޑްވޮޝިންގް ޤާއިމުކޮށްދީފިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.