ރައްޔިތުންގެ މަޖިލިހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޢުއަށް މަރުގެ އިންޒާރު ދީފިއެވެ.
އެމްޑީޕިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޢުއަށް މަރުގެ އިންޒާރު ދީފައިވާތީ އެކަން ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންނަށް މި ޕާޓީގެ ފަރާތުން ގޮވާލަމެވެ.
އަދި އެޕާޓީން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެމެމްބަރުންގެ ދުސްތޫރީ އަދި ގާނޫނީ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމުގެ ތެރެއިން އެ މެމްބަރުން ހާމަކުރައްވާ ހިޔާލުތަކާއި، މަޖިލީހުގައި ކުރައްވާ މަސައްކަތްތަކާ ގުޅިގެން މަރުގެ އިންޒާރުދިނުން ޕާޓީން ހަރު އަޑުން ކުށްވެރިކުރަމެވެ.
ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ އިދިކޮޅު ޕާޓީއަކުން ކުރާނެ އެންމެ މާތް އެއް ޒިންމާއަކީ ސަރުކާރު ޖަވާބުދާރީކުރުވުން ކަމުގައިވީހިނދު, އެ ދުސްތޫރީ ޒިންމާއަދާކުރުމުން މަރުގެ އިންޒާރުދީ އެފަދަ ލާއިންސާނީ ކުށެއްގެ ޝިކާރައަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެގެން ދިއުމަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ނުހަނު ކަންބޮޑުވާކަމެކެވެ.
ޝިފާއުއަށް މަރުގެ އިންޒާރު ދިނުން ތަހުގީގުކުރުމަށް ގޮވާލާ އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ
އެމްޑީޕީގެ ނޫސް ބަޔާނުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ އެމެމްބަރުންނަށް ގާނޫނީ ގޮތުން ލިބިދޭ ހާއްސަ އިމްތިޔާޒުތަކުގެ ތެރެއިން ސަލާމަތާ ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ބަޔަކަށްވާތީ، ރައްޔިތުންގެ މަޖިލީހުގެ އެއްމެހާ މެމްބަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަލާމަތީ ޚިދުމަތްތަކަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ގޮވާލާ ކަމުގައެވެ.
މެމްބަރު ޝިފާޢުއަށް މަރުގެ އިންޒާރު ދީފައިވާއިރު މިއަދު އޮތް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި އޭނާވަނީ، ރައީސް މުއިއްޒު މަގާމުން އަޒުލްކުރުމަށް، މަޖިލިހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕީޖީ ގުރޫޕަށް ހުށަހަޅުއްވާނެ ކަމުގައެވެ.
މިހާރު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅިފައިވާ، ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން އަޒުލުކުރުމާބެހޭ ކަންކަމާއި ގުޅޭގޮތުން މަޖިލިސް ގަވާއިދަށް އިސްލާހު ގެނައުމަށް އާންމު ކޮމިޓީން ފާސްކޮށްފައިވާ އިސްލާހަގެ ރިޕޯޓާއި ގުޅޭގޮތުން މަޖިލިހުގެ ފްލޯގައި މިއަދު ވާހަކަ ދައްކަވަމުން ޝިފާއު ވިދާޅުވީ މި ސަރުކާރުން ޝަރުއީ ދާއިރާއަށް އަތް ބާނާފައިވާ ކަމުގައެވެ.
މިގޮތުން އޭނާ ވިދާޅުވީ ރައީސް ޔާމިނަކީ ވެރިކަމަށް ހުރި ބިރެއްކަމަށް ބަލާ، އަދި ރައީސް ޔާމިނަކީ ގައުމީ ސަލާމަތަށް ހުރި ނުރަކަލެއްކަމަށް ކަނޑައަޅާ، ރައީސް ޔާމިން ޖަލުގެ ތޭރިތަކުގައި ތާށިކޮށްފައި ބެހެއްޓުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ކަމަށެވެ.
އިއްޒަތްތެރި ރައީސް. އެ ރައީސުލްޖުމުހޫރިއްޔާ ރައީސްކަމަށް ހޮވީ ހުސްގޮނޑީގެ ނަން ޖަހައިގެން އެހުސްގޮނޑިއައްޓަކާ ވޯޓުދިން އެތައް ރައްޔިތުންނެއް އަޅުގަޑުމެން ކައިރީ އެބަ ބުނެއޭ ކޮއްކޯއޭ އަވަސްކުރާކަށް ނުވޭހެއްޔޭ، ކީއްވެހޭ ފަސްތިކުރަނީ، ކީއްވެހޭ ލަސް ތިކުރަނީ.. އިއްޒަތްތެރި ރައީސް، މި ހުށަހެޅުނު އިސްލާހާ ގުޅިގެންވެސް، އަދި ދިވެހި ރައްޔިތުން އެ ފާޅުކުރަމުންދާ ޚިޔާލުތަކާއެކު އަޅުގަޑަށް ޔަގީންވެ ކަށަވަރުވާ ކަމަކީ މިއަދު މި ރައްޔިތުންގެ މަޖިލިހުން ކުރަންޖެހޭ އެންމެ މުހިންމު، އެންމެ އިސްކަމެއް ދޭންވީ މަސައްކަތަކީ މިހާރު ރައީސުލްޖުމުހޫރިއްޔާ އަޒުލްކުރުމުގެ މަސައްކަތް ކަމުގަ. އަޅުގަޑު އިރާދަކުރެއްވިއްޔާ އަޅުގަޑުމެންގެ ޕާލަމެންޓްރީ ގުރޫޕަށް އެމައްސަލަ ހުށަހަޅާނަން.
މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާއު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާއު ވިދާޅުވީ އިސްލާހު މަޖިލިހަށް ހުށަހެޅުއްވީ ރައީސުލްޖުމޫރިއްޔާ އަޒުލްކުރުމުގެ އެއްވެސް ވިސްނުމެއް އޮވެގެން ނޫންކަމުގައެވެ. އޭނާ ވިދާޅުވީ އެހެންނަމަވެސް އެ އިސްލާހު ހުށަހެޅިފަހުން އޭނާއާއި ދިމާވާ ރައްޔިތުން ރައީސް އަޒުލްކުރުން ލަސްވެގެން ވާހަކަ ދައްކަމުންދާ ކަމަށާއި، މިސަރުކާރުން ގާނޫނު އަސާސީއާއި ޚިލާފް އެތައްކަމެއް ކުރަމުންދާ ކަމުގައެވެ.
އެގޮތުން އޭނާ ފާހަގަކުރެއްވި އެއްކަމަކީ، ސަރުކާރުން މިހާރު މިނިސްޓްރީތަކުގެ އޮންލައިން ވެބްސައިޓްތަކުން ނައްތާލާފައިވާ ބިދޭސީންގެ ރެކޯޑުތައް ހިމެނޭ މައުލޫމާތުތަކެވެ.
އެހެންގޮތުން އޭނާވިދާޅުވީ ފަޚުރުވެރި ގައުމީ ދިދަ ބުނަމުން ދަނީ މިހާރުގެ ސަރުކާރުން އުމްރާނީ މަދަނީ އެތައް ހައްގުތަކެއް ފޭރެމުންދާކަމަށް ކަމަށެވެ.
2 Responses
ޟމިހިރަހެބަލިގަމަރު ކަލެތިކަކު ފޮނުަތަ ަރުވަނި
މަރުގެ އިންޒާރު ދިނުން ކުއްވެރި ކުރަން. އެމްޑީޕީ މެންބަރުން އަދާކުރަމުން ތިގެންދަވަނީ ދުސްތޫރީ އަދި ގާނޫނީ ޒިއްމާ އެއްވެސް ނޫން. މިހާރު ތިކުރައްވާ ކަމަކީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި(ނާޖާއިޒު ގޮތުގައި) ބޭނުން ކުރުން.