ހުނަރުވެރި ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރުވަމުން އަންނަ އޭނަގެ ދެވަނަ ފީޗާ ފިލްމު "ލަސްވިޔަސް" އަޅުވާ ދުވަސް އިއުލާން ކޮށްފިއެވެ.
ޝޫޓިން ނިންމައި މިހާރި ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް ފިލްމަކީ ޓެޑްރީ، ލިޔެ، ޕްރޮޑިއުސްކޮށް އަދި ޑައިރެކްޓްކޮށް ގެނެސްދޭން ހަމަޖެހިފައިވާ ފިލްމެކެވެ. މީ ޓެޑްރީގެ ދެވަނަ ފީޗާ ފިލްމްއެެވެ.
މި ފިލްމް ގެ ލީޑުން ފެނިގެންދާ ތަރިންގެ ތެރޭގައި ހިމެނެނީ ހުނަރުވެރި މޮޅު އެކްޓިންއެއް ދަައްކަމުން އަންނަ ވާޝިޔާ މުޙައްމަދު (ޝިޔާ)، ހުނަރުވެރި އެކްޓަރ އަޙްމަދު އީސާ (އާނަންދު)ގެ އިތުރުން ކުރީގެ އެކްޓްރެސް ނިޢުމާ މުޙައްމަދުގެ ދަރިފުޅު ޒޯޔާ ޙަސަން އިބްރާހީމް އެވެ.

މި ފިލްމުން މަޝްހޫރު އެކްޓްރެސް މަރްހޫމް ފައުޒިއްޔާ ފެނިގެންދާނެ އެވެ. މީގެ އިތުރުން ރާއްޖޭގެ އެންމެ މަޝްހޫރު އެކްޓަރު ރީކޯ މޫސާ މަނިކްވެސް ފެނިގެންދާނެ އެވެ. މާ ދިގު ނޫން ނަމަވެސް މުހިންމު ރޯލަކުން މޫސަ ފެނިގެންދާއިރު، މޫސަ ވަނީ ޓެޑްރީގެ ފިލްމު "ދެރިޔާ" ގައިވެސް މަސައްކަތް ކޮށްފައެވެ.
"ލަސްވިޔަސް" އަކީ ޓެޑްރީ 1994 ގައި ގެނެސްދިން "ދެރިޔާ" އަށް ފަހު، ޑައިރެކްޓްކޮށް، ބެލުންތެރިންނަށް ގެނެސްދޭ ދެވަނަ ފީޗާ ފިލްމެވެ. "ދެރިޔާ" އަކީ ދިވެހި ފިލްމް އިންޑަސްޓްރީގައި ވަރަށް ކާމިޔާބު ފިލްމް އެކެވެ.