ލ.ދަނބިދޫ ބަސްމަލާ ބޯޓުވެސް މުދާލާއެކު ފަރަށް އަރައިފި

ލ.ދަނބިދޫ ބަސްމަލާ ބޯޓުވެސް މުދާލާއެކު ފަރަށް އަރައިފި

Author
އައިޝަތު އަޙްމަދު
13 ޑިސެމްބަރ 2023 11:14
0

ލ.ދަނބިދޫ ބަސްމަލާ ބޯޓް ފަރަށް އރައި ގެއްލުންވެއްޖެއެވެ.

އެބޯޓު ފަރަށް އަރާފައިވަނީ ރޭ ފަތިހު 06:15 ހާއިރު ލ.ބެންމާފުށި ފަރަށެވެ. ބޯޓުގައިވާ މުދާތައް ސަލާމަތް ކުރުމުގެ މަސައްކަތް ދަނބިދޫގެ ދޯނި ފަހަރުތަކާއި ދަނބިދޫގެ ރައްޔިތުންގެ އެހީތެރިކަމާއިއެކު ދަނީ ކުރަމުންނެވެ.

މި ބޯޓާ ގުޅޭ އިތުރު މައުލޫމާތެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ. ރޭ ވަނީ ކުޅުދުއްފުށީ ބަހާދަރު ބޯޓުވެސް ފަރަށް އަރާ ބޮޑެތި ގެއްލުންތަކެއްވެފައެވެ. އެ ބޯޓު ފުންކުރުމުގެ މަސައްކަތްވެސް އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.