އެމެރިކާގައި ކޯވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 16 މިލިއަނަށް އަރައިފި

އެމެރިކާގައި ކޯވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 16 މިލިއަނަށް އަރައިފި

Author
ހުސެއިން
13 ޑިސެމްބަރ 2020 06:04
0

އެމެރިކާގައި ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 19 މިލިއަނަށް އަރައިފިއެވެ. ޖޯން ހޮޕްކިންސް ޔުނިވާރސިޓީން އާންމު ކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ކޯވިޑް19އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 19 މިލިއަނަށް އަރައިގެން މިދިޔައީ، އެގައުމުގައި އަދި މިހާތަނަށް އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި 4 ދުވަސްކަމަށްވާ، ފާއިތުވި 4 ދުވަހުން އެކަނި އެގައުމުގައި 1 މިލިއަން މީހުން މިބައްޔަށް ޕޮޒިޓިވް ވެގެން ދިއުމާ އެކުއެވެ.

އެމެރިކާއިން އެންމެ ފުރަތަމަ ކޯވިޑް19 ފެނުނު ފެނުނުފަހުން، 8 މިލިއަން މީހުންނަށް ބަލިޖެހެން، 8 މަސްދުވަސް ނަގާފައި ވާއިރު، މިއަދު 2 ގުނަވެ، 16 މި ލިއަނަށް އަރާފައި މިވަނީ އެންމެ 2 މަސްދުވަހުގެ ތެރޭގައެވެ.

އެމެރިކާގައި ކޯވިޑް19 ޖެހިފައިވާ މީހުންގެ އަދަދު ރެކޯޑްއަދަދަކަށް މިއެރީ، އެގައުމުގެ ސެންޓާސް ފޮރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ އެޑްވައިޒަރީ ކޮމިޓީން، ފައިޒަރ/ބައޯއެންޓެކްގެ އިން އިޖާދުކުރި ވެކްސިން، އެމެރިކާގެ 16 އަހަރުން މަތީގެ ރައްޔިތުންނަށް ދިނުމުގެހުއްދަ ދޫކުރުމަށް ވޯޓު ދީފައި ވަނިކޮށެވެ. އަދި، އެމެރިކާގެ ހޮސްޕިޓަލްތަކުގައި ކޯވިޑް19އަށް ޕޮޒިޓިވްވެގެން މަރުވި މީހުންގެ އަދަދު ރެކޯޑް އަދަދަކަށް އެރިތާ އެއްދުވަސް ފަހުންނެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓޭޝަނުން، ހުކުރު ދުވަހު، ކޯވިޑް19 ވެކްސިން އެގައުމުގައި އާންމުކޮށް ބޭނުން ކުރުމުގެ އެމަޖެންސީ ހުއްދަ ދޫކޮށްފައިވާއިރު، އެދުވަހު އެކަނިވެސް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 3،300 އަށް ވަނީ އަރާފައެވެ. އަދި ސިއްޙީ މި ކާރިސާގައި މަރުވި މީހުންގެ އަދަދު ވަނީ، 231،700 އަށްވުރެ މައްޗަށް އަރާފައެވެ. މިއީވެސް މުޅި ދުނިޔޭގެ އާރެކޯޑެކެވެ. އެމެރިކާގެ އެކި ކަންކޮޅުތަކުގައި، ޖުމްލަ 108،000 މީހުންނަށް މިހާރުވެސް އެދުމަތި ކޮށްގެން ކޯވިޑް19 އަށް ދަނީ ފަރުވާ ދެވެމުންނެވެ.

އެމެރިކާގައި ވެކްސިން ބޭނުންކުރުމުގެ އެމަޖެންސީ ހުއްދަ ދޫކުރެވިގެން ދިއުމާއެކު، ހޯމަދުވަހު އާންމުކޮށް ވެކްސިން ދޭން ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، ފައިޒާގެ ކަލަމަޒޫ ކާރުޚާނާއިން ވެކްސިން ފޯރުކޮށް ދޭން ފެށުމާއެކު، ޖުމްލަ 636 ސަރަހައްދެއްގައި ރައްޔިތުންނަށް ވެކްސިން ދޭން ފެށޭނެއެވެ.

ހޯމަ ދުވަހު 145 ސަރަހައްދެއްގައި ވެކްސިން ދޭން ފަށާއިރު، އިތުރު 425 ސަރަހައްދެއްގައި އަންގާރަ ދުވަހު ވެކްސިން ދޭން ފެށުމަށް ވަނީ ހަމަޖެހިަފއެވެ. އަދި ބުދަވަހު އިތުރު 66 ސަރަހައްދެއްގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިތަށް ދާނެއެވެ.

އެމެރިކާގެ ސީޑީސީގެ އެޑްވައިޒަރ، ގުސްޓޭވް ޕާނާ ވިދާޅުވިގޮތުގައި، ހޯމަ ދުވަހު އާންމުކޮށް ވެކްސިން ދޭން ފެށިގެން ދިޔަ ނަމަވެސް، އެމެރިކާގެ ހުރިހާ ރައްޔިތުންނަށް މިވެކްސިން ދޭން އަތި އެތައްމަހެއް ނަގާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ވެކްސިނުމަށް ހަމަޖެހިފައިވަނީ، ސިއްޙީ އެހީތެރިންނަށާއި، ދިގުމުއްދަތަށް ބޭސްކުރަމުންދާ ސެންޓަރުތަކުގައި ބަލަހައްޓަމުން ގެންދާ ފަރާތްތަކަށެވެ.

އެމެރިކާގައި ކޯވިޑް19 ވެކްސިން ބޭނުން ކުރުމުގެ އެމަޖެންސީ ހުއްދަ ދޫކުރުމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި، އެފްޑީއޭއިން ބުނެފައިވަނީ، އެ އޭޖެންސީން މިހާރުވަނީ، ޔޫއެސް ސެންޓަރސް ފޯރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (CDC) އަދި، ވެކްސިން ދިނުމުގެ ހުރިހާ ކަމެއް ކުރިޔަށް ގެންދިއުމަށް ޓަރަމްޕް އެކުލަވާލައްވާފައިވާ، "އޮޕަރޭޝަން ރެޕް ސްޕީޑް"އަށްވެސް، އެމެރިކާގެ ރައްޔިތުންނަށް ވެކްސިން ޖެހުމުގެ މައްސައްކަތް އަވަހަށް ފެށުމަށް އިލްތިމާސް ކޮށްފައެވެ.

އެފްޑީއޭއިން ކޯވިޑް19 ވެކްސިންގެ އެމަޖެންސީ ހުއްދަ ދޫކުރުމާ ގުޅޭގޮތުން މީޑިއާގައި ވާހަކަ ދައްކަވަމުން، އެމެރިކާގެ ހެލްތު އެންޑް ހިއުމަން ސާވިސަސް ސެކެޓްރީ ވިދާޅުވެފައިވަނީ، ގިނަބަޔަކަށް ވެކްސިން ދިނުމަށް އަންނަ ހޯމަ ދުވަހު ނޫނީ އަންގާރަ ދުވަހު ފެށިގެންދާނެ ކަމަށެވެ.

އެމެރިކާގެ ސަރުކާރުން ބުނެފައިވަނީ، އެފްޑީއޭއިން ހުއްދަ ދޫކުރުމާއެކު، އެންމެ ފުރަތަމަވެސް، ވެކްސިންގެ 2.9 މިލިއަން ޑޯޒް ދޫކުރެވެނޭއެވެ. މިއީ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ލިބޭ ހަފްތާގައި ފިޒާ/ބައޯއެންޓެކްއިން ތައްޔާރު ކުރުމަށް ހަމަޖެހިފައިވާ އަދަދުގެ %50އެވެ. އަނެއް %50 ރައްކާ ކުރެވޭނީ، ފުރަތަމަ ވެކްސިން ދޭ މީނުންނަށް 3 ހަފްތާފަހުން ދޭންޖެހޭ ދެވަނަ ޑޯޒް އެއްވެސް ދަތިކަމަކާ ނުލާ ދެވޭނެކަން ޔަގީން ކުރުމަށްޓަކައެވެ.

ފިޒާއިން ބުނެފައިވަނީ، އެކުންފުނިން އީޖާދު ކޮށްފައިވާ ވެކްސިނަކީ %95 ރައްކާތެރި ވެކްސިނެއް ކަމުގައެވެ. އަދި، ތަހުލީލުތަކުން ދައްކާފައިވާ ގޮތުގައި، ވެކްސިންގެ ފުރަތަމަ ޑޯޒަށްފަހުވެސް، ވެކްސިން ޖަހާ މީހުން %85 ކޯވިޑް19 އިން ރައްކާތެރި ކޮށްދެއެވެ.

އެހެންނަމަވެސް، ތަފާތު ބޭސްތަކަށާއި އަދި، ވެކްސިންތަކަށް އެކާޖިކްވާ ފަރާތްތަކަށް ކޯވިޑް19 ވެކްސިން ދިނުން ރައްކާތެރި ނޫންކަމުގެ އިންޒާރު އިގިރޭސިވިލާތުން ވަނީ މިހަފްތާގައި ދީފިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.