ހޮލީވުޑްގެ މަޝްހޫރު ބަތަލާ ސޯފިއާ ވަގޭރާ ވަރަށް ތަފާތު ރޯލަކުން ފެނިގެންދާ ސީރީޒް "ގްރިސެލްޑާ" ޓްރެއިލާ އިއްޔެ ނެރެފި އެވެ.
ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ނެޓްފްލިކްސް އިން ގެނެސްދޭ މި ސީރީޒް އަކީ ހަ އެޕިސޯޑް ހިމެނެ އެއްޗެކެވެ. މި މިނީ ސީރީޒް އަކީ ވަރަށް ޝައުގުވެރި ސީރީޒްއަކަށް ވެގެން ދާނެކަމަށް ބެލެވެއެވެ.
މި ސީރީޒްގައި ސޯފިއާ ކުޅެނީ އެމެރިކާގެ މަޔާމީގައި މަސްތުވާތަކެތީގެ ވިޔަފާރިކުރި ބޮޑެއް ނުވަތަ "މަޔާމީ ޑްރަގް ކުއީން"ގެ ގޮތުގައި މަޝްހޫރުވި ކޮލަމްބިއާގެ މީހެއް ކަމަށްވާ ގްރިސެލްޑާ ބްލެންކޯ ރޯލެވެ.
މި ވެބް ސީރީޒް ނެޓްފްލިކްސް އަށް އެ ސީރީޒް ޕްރޮޑިއުސްކޮށްދެނީ އެ ޕްލެޓްފޯމުން ގެނެސްދިނުމަށް މިހާރު ތައްޔާރުވަމުން އަންނަ އެހެން ސީރީޒެއް ކަމަށްވާ "ދަ ވިންޓަ ޕެލެސް"ގެ އުފެއްދުންތެރިޔާ ލިންޑްސީ ޝަޕޭރޯ އެވެ. އަދި ޑައިރެކްޓަރަކީ އެންޑްރެސް ބާއިޒް އެވެ.
މި ވެބް ސީރީޒް އަކީ ކުރިއަށް އޮތް އާ އަހަރާއި ދިމާކޮށް ނެޓްފްލިކްސް އިން ގެނެސްދޭން ތައްޔާރު ވަމުން އަންނަ ސީރީއެވެ.