ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާ މިއަދު ބައްދަލު ކުރައްވައިފިއެވެ.
އެމަނިކުފާނު، މޯދީއާ ބައްދަލު ކުރެއްވީ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28)ގެ ހަވާސާގައެވެ. ރައީސް މުއިއްޒު ވަނީ ކޮޕް28 ގެ ހަވާސާގައި ގިނަ އަދަދެއްގެ ގައުމުތަކުގެ ވެރިންނާ ބައްދަލު ކުރައްވައިފައެވެ.
President @MMuizzu and I had a productive meeting today. We discussed ways to enhance the India-Maldives friendship across diverse sectors. We look forward to working together to deepen cooperation for the benefit of our people. pic.twitter.com/zL52ttYOzX
— Narendra Modi (@narendramodi) December 1, 2023
ރައީސް މުއިއްޒުއާއި ބައްދަލު ކުރެއްވުމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޯޑީ ވިދާޅުވީ މުއިއްޒުއާއެކު މިއަދު ބޭއްވުނު ބައްދަލުވުމަކީ ވަރަށް އުފެއްދުންތެރި ބައްދަލުވުމެއް ކަމަށާއި، ދެގައުމުގެ ދެމުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމުގައެވެ.
އަދި މިގުޅުން އިތުރަށް ބަދަހި ކުރުމަށް އެކީގައި މަސައްކަތް ކުރުމަށް ބޭނުންވާ ކަމުގައިވެސް މޯޑީ ވިދާޅުވެފައިވެއެވެ.
މިއީ ރައީސް މުއިއްޒު މޯދީއާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ވެވަޑައިގެންނެވި އެންމެ މުހިންމު ވައުދަކީ ރާއްޖޭގައިތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމެވެ. އަދި އެއީ އެމަނިކުފާނުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭންގައިވެސް ހިމަނާފައިވާ މުހިންމު ކަމެކެވެ.
މޯދީއާއި މުއިއްޒުގެ ބައްދަލުވުމާއި ގުޅޭ އެއްވެސް މައުލޫމާތެއް އަދި ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.