"ދޯސްތާނާ 2″ ގެ މައްސަލަ ބޮޑުވެ އެކަމުގެ ހިތްހަމަ ނުޖެހުމުގައި އެތަށް ދުވަހަކު އުޅުމަށް ފަހު އަނެއްކައިވެސް ކާތިކް އާރިޔާން އަށް ކަރަން ޖޯހަރުގެ ފިލްމް އެއް ލިބިއްޖެއެވެ.
ކަރަންގެ ފިލްމް އަކަށް އެންމެ ފުރަތަމަ ކާތިކް އަށް ލިބުނީ "ދޯސްތާނާ 2″އެވެ. ނަމަވެސް ވީ ކީތްކަމެއް ނޭގި ކުއްލިއަކަށް ފިލްމް ހެދުން ހުއްޓާއި ލުމައި އެކުގައި ލީޑަށް ނެގި ކާތިކް އާއި ކަރަން އާއި ދެމެދުގައި މައްސަލަ ޖެހި ވާހަކަ ނުދައްކައިވެސް ތިއްބެވެ.
ނަން އަދި ހާމަނުކުރާ މި ފިލްމަކީ ކަރަންގެ އަމިއްލަ ފިލްމު ކުންފުނި، ދަރުމާ އާއި އެކްތާ ކަޕޫރްގެ ބާލާޖީ ފިލްމްސްއާ ގުޅިގެން ހަދަން ނިންމާފައިވާ އެއްޗެކެވެ. އެކަން މިހާރު. ވަނީ އިއުލާން ވެސް ކޮށްފައިއެވެ. މީގެ ޑައިރެކްޓަރަކީ ސަންދީލް މޯދީއެވެ.
މިކަން އިއުލާންކޮށް ބުނެފައި ވަނީ ފިލްމުގެ ޑައިރެކްޓަރަކީ ސަންދީޕް މޯދީ ކަމަށާއި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ އޮގަސްޓް 15، 2025 ގައި ކަމަށެވެ.
ކޮމެންޓު ފޮނުވާ