"ދަ ކަޕިލް ޝަރުމާ ޝޯ" ދެން ގެނެސްދޭނީ ނެޓްފްލިކްސް އިން

"ދަ ކަޕިލް ޝަރުމާ ޝޯ" ދެން ގެނެސްދޭނީ ނެޓްފްލިކްސް އިން

Author
ފާތިމަތު ނާވީ
21 ނޮވެމްބަރ 2023 07:05
0

މަޝްހޫރު ކޮމެޑީ ޝޯވ "ދަ ކަޕިލް ޝަރުމާ ޝޯވ" ސޮނީގެ ބަދަލުގައި ދެން ދައްކާނި ނެޓްފްލިކްސް އިން ކަމަށް އިއުލާން ކޮށްފިއެވެ.

މި ޝޯވ މެދުކަނޑައިލައިފައިވަނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައިއެވެ. އެއާއި އެކުގައި އެޝޯވ އަންނާނެ އިރެއްގެ އިންތިޒާރުގައި ބެލުންތެރިން ތިބި ނަމަވެސް އެ ޝޯވ މީގެ ފަހުން ސޮނީ އިން ފެނިގެން ނުދާނެ ކަން މިހާރު މިވަނީ ޔަގީން ވެފައިއެވެ.

"ދަ ކަޕިލް ޝަރުމާ ޝޯވ" އަކީ ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު ޝޯވ އެކެވެ. އަދި ޝޯވ ގައި ގިނަ ފިލްމް ތަކެއް ވެސް ޕްރޮމޯޓް ކުރެއެވެ. ބެލުންތެރިންގެ މެދުގައި މި ޝޯވ އަކީ ވަރަށް މަގުބޫލު ޝޯވ އެކެވެ.

 

View this post on Instagram

 

A post shared by Netflix India (@netflix_in)

"ކަޕިލް ޝަރުމާސް ކޮމެޑީ ޝޯ" ގެ ނަމުގަ ނެޓްފްލިކްސް އިން މި ޕްރޮމޯޓްކުރަމުން އަންނަނީ ގެ ބަދަލު ވިޔަސް، އާއިލާ ބަދަލުނުވާކަން ދައްކަމުންނެވެ. އެގޮތުން ކަޕިލްއާ އެކީ ސޮނީގެ ޝޯ އިން ފެނުނު މުހިއްމު ބައިވެރިންތަކެއް ނެޓްފްލިކްސްގެ ޝޯ އިން ވެސް ފެންނާނެ އޭގެ ތެރޭގައި ކުރުޝްނާ އަބީޝެކް، ކިކޫ ޝްރަދާ، ރަޖީވް ތާކޫރް އަދި އަރްޗަނާ ޕުރާން ސިންގް ހިމެނެ އެވެ.

ނަމަވެސް ޝޯ ސްޓްރީމްކުރަން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.