"މީ އިޝްގު" ގެ ޝޫޓިން ނިންމާލައިފި

"މީ އިޝްގު" ގެ ޝޫޓިން ނިންމާލައިފި

Author
ފާތިމަތު ނާވީ
21 ނޮވެމްބަރ 2023 08:58
0

ދިވެހި ފިލްމް އިނޑަސްޓްރީގައި ބެލުންތެރިންގެ މަގުބޫލު ކަން ހޯދައިފައިވާ ޑައިރެކްޓަރު ޒްހާން އިބްރާހިމްގެ ފުރަތަމަ ފީޗާ ފިލްމު "މީ އިޝްގު" ގެ ޝޫޓިން ނިންމާލައިފި އެވެ.

މިދިއަ މަހުގައި ޓީޒާއެއް ވެސް ދައްކައިލި މި ފިލްމަކީ ދިވެހި ފިލްމު ސްޓޫޑިއޯ އިން އުފައްދައި، ޑާކް ރެއިން އެންޓަޓައިންމަންޓުން ޕްރެޒެންޓްކޮށްދޭ އެއްޗެކެވެ. މީ މިއަހަރުގެ އުންމީދީ ފިލްމްއެކެވެ.

މި ފިލްމް ގެ ލީޑުން ފެނިގެންދާނީ ދިވެހި ސިނަމާގައި މިހާރު ކުރިއަރަމުން އަންނަ ދެ ތަރިން ކަމަށްވާ ޝަރަފު އާއި އައިމިނަތު ރަޝްފާ (އާޝާ) އެވެ. މިއީ ޑާކް ރެއިން އެންޓަޓައިންމަންޓުން މާޗް މަހު ޑިޖިޓަލްކޮށް ޕްރީމިއާކުރި "ހިނދުކޮޅެއް" ފިލްމަށް ފަހު، މި ޖޯޑު އެކީގައި ކުޅޭ ދެވަނަ ފިލްމެވެ.

 

View this post on Instagram

 

A post shared by Mee Ishq (@meeishq)

ޒުވާން ޑައިރެކްޓަރު އަޒްހާން އިބްރާހީމްގެ އަލަތު ފީޗާ ފިލްމުގެ ޝޫޓިން ނިންމާލި އިރު، ފިލްމުގެ ޝޫޓިން ފެށީ މި އަހަރުގެ މެއި މަހުގެ 8 ގަ އެވެ. ދިވެހި ފިލްމު ސްޓޫޑިއޯގެ މި ފިލްމު ލޯންޗްކުރީ މި އަހަރުގެ މާޗް 12 ގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.