ފެށިގެން މިދާ އާ ދައުރުގައި ރާއްޖެއަށް ގެދޮރުވެރިކަމާއި ބިންވެރިކަމުގެ ރަން ޒަމާނެއް ގެނެސްދެއްވާނެ ކަމުގައި ރާއްޖޭގެ ރައީސްކަމުގެ ހުވާ މިއަދު ކުރެއްވި ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއެޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ޖުމުހޫރިއްޔާގެ 8 ވަނަ ރައީސްކަމުގެ ހުވާ މިއަދު ޖުމުހޫރީ މައިދާނުގައި ކުރެއްވުމަށްފަހުއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ބިންވެރިކަމާއި ގެދޮރުވެރިކަމުގެ މައްސަލަތަކަކީ ރާއްޖޭގައި ވަރަށް ހައްސާސް މައްސަލައެއް ކަމުގައެވެ. އެގޮތުން ރައީސް މުއިއްޒު ފާހަގަ ގޮތުގައި އެކަށީގެންވާ ބޯހިޔާވަހިކަމެއް ނުލިބުމުގެ ސަބަބުން އިޖުތިމާއީ، ދީނީ އަދި ސިއްޙީ މައްސަލަތައްވެސް ރާއްޖޭގައި ގިނައެވެ.
އެގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މުޅި މައްސަލައައް ހަލު ގެނެސްދެއްވާނެކަމުގައި ރައީސް މުއިއްޒު ވިދާޅުވުއެވެ.
އުތުރު ތިލަފަޅުން ފެށިގެން ފުށިދިއްގަރުފަޅާ ހަމައަށް އެންމެ ޒަމާނީ އިމާރާތްތަކާއި ބަގީޗާތަކުގެ ހާރެއް އަތުރާލާނީ ހުރިހާ ބޭފުޅުންގެ މި އާ ސަރުކާރުން. އެކަމުގެ ކަރުދާހީ ގިނަ މަސައްކަތްތަކެއް ހުރީ ލިޔެ ނިމިފައި. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ޒަމާނީ އާ ސަހަރުތަކެއްގެ ގިނަ މަލަތައް ދިވެހި ފަޅުފަޅުން އުފުލިލާނެ.
ރައީސް މުއިއްޒު ވިދާޅުވިއެވެ.
މިހާރު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅިފައިވާ ބަޖެޓުގައި ވަނީ ފުށިދިއްގަރުފަޅު ހިއްކުމަށް 400 މިލިއަން ރުފިޔާ ހިމަނާފައެވެ.
ރައީސް މުއިއްޒު ވިދާޅުވީ އާ ސަރުކާރުން ގައުމު ތަރައްގީ ކުުރުމަށްޓަކާ މެދުރާސްތާ ޕްލޭންއައި ދުރު ރާސްތާ ޕްލޭންތައް އެކުލައްވާނޭ ކަމަށާއި، ގައުމުގެ ތަރައްގީގެ ކަންކަން ރާވާއިރު ދިވެހި ރައްޔިތުންގެ ވިސްނުމާއި އުންމީދުތައް ހިއްސާ ކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ.
ރާއްޖޭގެ އިގްތިސާދު މިއަދު މިވަނީ ކުއްލި އަވަސްފަރުވާއެއް ބޭނުންވެފައި. އާމްދަނީ ހޯދޭނެ އަވަސް މަގުތައް ކޮންމެހެން ލާޒިމުވެފައި. އެކަމަށްޓަކައި އިރާދަކުރެއްވިޔާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު އަވަހަށް ހުޅުވާނަން.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވިއެވެ.
ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި، ޙުސައިން މުޙައްމަދު ލަޠީފް، މަޤާމުގެ ޤާނޫނީ ހުވައި މިއަދު ކުރައްވާފައިވަނީ މިކަމަށްޓަކައި މިއަދު ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވުނު ރައްޔިތުގައެވެ. ދެބޭފުޅުންނަށްވެސް ހުވާ ލައިދެއްވީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރުއެވެ.
ކޮމެންޓު ފޮނުވާ