ކުޑަ ކަމުދާ ތަކެތި ނުދިން މީހަކު ޖަލަށް

ކުޑަ ކަމުދާ ތަކެތި ނުދިން މީހަކު ޖަލަށް

Author
ހުސެއިން
14 ނޮވެމްބަރ 2023 06:05
0

ފުލުހުންގެ ތަހުގީގަށް ބޭނުންވާ ކުޑަކަމުދާތަކެތި ނުދިން މީހަކު އެއް އަހަރަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.

ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ، މަސްތުވާތަކެތީގެ މައްސަލާގައި ފުލުހުން ތަހުގީގު ކުރަމުންދިޔަ މީހަކު އޭނާގެ ކުޑަކަމުދާތަކެތި ނުދީގެން އެއް އަހަރަށް ޖަލަށް ލުމަށެވެ.

މިމައްސަލާގައި ޖަލަށްލާން ހުކުމް ކޮށްފައިވަނީ ކޮލަމާފުށީ މުހައްމަދު ސާއިފް އަލީ ނަމަކަށް ކިޔާ މީހެކެވެ. އެހެންނަމަވެސް އޭނާވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ.

އޭނާ ދައުވާއަށް އިންކާރު ކުރިނަމަވެސް، އޭނާއާއި ދެކޮޅަށް 4 ފުލުހަކު ހެކިބަސް ދީފައި ވެއެވެ. އޭނާ ކުޑަކަމުދާތަކެތީގެ ސާމްޕަލް ދިނުމަށް އަންގާ ފޯމުވެސް އޭނާއާއި ދެކޮޅަށް ހުށަހަޅާފައި ވެއެވެ.

އޭނާގެ މައްސަލަ ނިންމި ރިޕޯޓުގައި ވާގޮތުން، އޭނާގެ މައްޗަށް ހުކުމް ކޮށްފައިވަނީ، ކުޑަކަމުދާ ތަކެތި ދޭން އޮންނަ 18 ގަޑިއިރުތެރޭގައި ކުޑަކަމުދާ ތަކެތި ދޭން އެއްބަސް ވެފައިނުވާކަމަށް ތިން ހެކިންގެ ހެކިބަހުން ސާބިތުވާތީ އެވެ.

އޭނާ ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެތި ބޭނުން ކޮށްގެންކަން އެގެން އޮންނައިރު އެކަމަށް އިންކާރު ކޮށްފައި ނުވާކަމަށްވެސް ރިޕޯޓުގައި ވެއެވެ. އަދި ކުޑަކަމުދާ ތަކެތި ދޭން އޭނާއަށް އެންގިކަން ހެކިންގެ ހެކިބަހުން ސާބިތުވާކަމަށްވެސް ރިޕޯޓުގައި ވެއެވެ.

ގާޒީ ނިންމަވާފައިވަނީ މިމައްސަލާގައި ދައުވާ އުފުލާފައިވާ ކުށް މުހައްމަދު ސާއިފް އަލީގެ މައްޗަށް ސާބިތުވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.