މާލެއަށް ބޯކޮށް ވާރޭވެހި ފެނު އަޑީގައި

މާލެއަށް ބޯކޮށް ވާރޭވެހި ފެނު އަޑީގައި

Author
އައިޝަތު އަޙްމަދު
03 ނޮވެމްބަރ 2023 11:49
0

މިއަދު ހެނދުއްސުރެ މާލެއަށް ހުއްޓަނުލާ ބޯކޮށް ވާރޭވެހެމުން އެބަދެއެވެ. އަދި މާލޭގެ މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެ ހިނގާ މީހުންނާއި ދުއްވާ އުޅަނދުތަކަށް ދަތިވެފައެވެ. އަދި ފެންގަނޑު ބޮޑުވުމުގެ ސަަބަބުން ބައެއް ގޭގެއަށްވެސް ފެން ވަދެފައިވެއެވެ.

މާލޭގައި ބޮޑުވެފައިވާ ފެންގަނޑު ހިއްކުމަށް އެމްއެންޑީއެފުން ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން ޕަންޕު ޖަހައިގެން އެ މަސައްކަތްދަނީ ކުރަމުންނެވެ.

މޭތު އޮފީހުން ބުނީ މިހާރު ރާއްޖެއަށްކުރަމުްނދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްކަމަށެވެ. މެޓުން ވަނީ ބ އަތޮޅުން ވ އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ. އަދި ދ އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައެވެ.

މެޓުން ބުނީ މާލެއަށް މިއަދު ހެނދުނު 8 އިން 10އަށް 65 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށެވެ.

މެޓުން ބުނީ ކުރިއަށް އޮތް ދެދުވަހުވެސް ވިއްސާރަ ކުރާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.