ކޯވިޑް-19: މިއަދު ޕޮޒިޓިވްވީ 34 މީހުން

ކޯވިޑް-19: މިއަދު ޕޮޒިޓިވްވީ 34 މީހުން

Author
މުޙައްމަދު ޝަޒައިމް
10 ޑިސެމްބަރ 2020 10:01
0

ރާއްޖެއިން ކޯވިޑް-19އަށް އިތުރު 34 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެ 18:00 އިން ފެށިގެން މިއަދު 18:00 އާ ހަމައަށް ޕޮޒިޓީވްވި 34 މީހުންގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 15 މީހުންނާއި، އަތޮޅުުތަކުގެ ރަށްތަކުން ޕޮޒިޓިވްވި 8 މީހަކާއި، ސަފާރީތަކުން ޕޮޒިޓިވްވި 2 މީހެކެވެ.

މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 13،308 އަށް އަރާފައެވެ. ފާއިތުވި24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން މިބަލިން ރަނގަޅުވެފައިވަނީ 30 މީހުންނެވެ.  މިއާއެކު ރާއްޖެއިން މިބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 12،621 އަށް އިތުރުވެފައެވެ. އަދި މިހާރު ބައްޔަށް ފަރުވާ ދެމުން އަންނަނީ 633 މީހަކަށެވެ. އޭގެތެރެއިން 66 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި2،058 ސާމްޕަލެއް ނަގާފައިވެއެވެ. މިއާއެކު ރާއްޖޭގައި މިހާތަނަށް ކޯވިޑަށް ޓެސްޓްކުރުމަށްޓަކައި ނަގާފައިވާ ސާމްޕަލްތަކުގެ ޖުމްލަ ޢަދަދު ވަނީ 263،107 އަށް އަރާފައެވެ.

ރާއްޖެއިން މިބަލިން މިހާތަނަށް ނިޔާވެފައިވަނީ 66 މީހެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.