ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށްފަހު އިންތިޤާލީ މަރުހަލާގެ ތެރޭގައި ޢާންމު ކޮށްފައިވާ ގޯއްޗާއި، ފްލެޓް ލިސްޓާއިމެދު ޢަމަލު ކުރާނެ ގޮތަކާއިމެދު އަދި ވަކިގޮތެއް ނިންމަވާފައި ނުވާކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދެވަނަ ފިޔަވައްސަށް 40000އަށްވުރެ ގިނަ ފޯމު ހުށައަޅާފައިވާ ކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން އިއްޔެ ވަނީ ވިދާޅުވެފައެވެ. މިއީ ފުރަތަމަ ބުރަށްވުރެ، 5000 ފޯމު އިތުރު އަދަދެކެވެ. މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި ސަރުކާރުން ހުޅުވާލީ، 4000 ގޯއްޗާއި 6000 ފްލެޓަށް ކުރިމަތިލުމަށެވެ.
މިކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ، އިންތިހާބުގެ ކުރިން އަދި އިންތިހާބުވުމަށް ފަހު ވެސް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވި ސްޓޭންޑަކީ ލިޔުން ހަވާލުކޮށްފައިވާ ނުވަތަ ބިން/ފްލެޓު ދިނުމަށް ގެޒެޓު ކޮށްފައިވާ އެއްވެސް ފަރާތެއްގެ އެއްޗެއް ނުހުއްޓުވުން ކަމަށެވެ.
އެ ވާހަކަ ދެއްކެވިއިރު ސަރުކާރުން އާންމުކޮށްފައި އޮތީ ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގެ ލިސްޓުކަން ފާހަގަކުރައްވައި ފިރުޒުލް ވިދާޅުވީ، އިއްޔެ މުއްދަތު ހަމަވީ އޭގެ ފަހުން އިއުލާނުކޮށްގެން އެޕްލިކޭޝަން ހުށަހެޅި ބައެއް ކަމަށެވެ.
އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ ކޮމިޓްމެންޓް ގުޅިފައި އޮތީ ކުރިން ޝާއިއުކުރި ލިސްޓާ. ފަހުން ކުރި އިއުލާނާ ގުޅިގެން ހުށަހެޅި އެޕްލިކޭޝަންތަކާ ގުޅޭ ގޮތުން އިތުރު މަޝްވަރާތައް ކުރަމުން އެބަ ގެންދަން.
– ފިރުޒުލް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ސަރުކާރުން ހުޅުވާލީ 5000ގޯއްޗާއި، 4000 ފްލެޓަށެވެ. ބިންވެރިޔާ ސްކީމްގައި ވަކިވަކިން އަދި ޖޮއިންޓް އެޕްލިކޭޝަންތައް ހިމެނޭހެން 15164 ފޯމު ހުށައަޅާފައިވެއެވެ. ފުރަތަމަ ބުރުގައި"’ގެދޮރުވެރިޔާ' ސްކީމުގެ ދަށުން ފުލެޓަށް އެދި ޖުމްލަ 20،697 މީހުން ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ތިން ކޮޓަރީގެ އެޕާޓްމަންޓަށް 14،489 މީހުން އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަށް 6،208 މީހުން ފޯމް ހުށައެޅިއެވެ.
ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓްވެސް ވަނީ އާއްމުކުރައްވާފައެވެ. ނަމަވެސް އަދި ފްލެޓް ހަވާލުކުރަން ފަށާފައެއް ނުވެއެވެ. ބިންވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ގޯތި ލިބުނު މީހުންނަށް ސަރުކާރުން މިހާރުވަނީ ބިން ހަވާލުކުރައްވަން ފަށްޓަވާފައެވެ.
3 Responses
ކޮންމެ ވެރިކަމަށް އައިސް އަހަރެމެންނަކަށް ފޯމުނުލެވޭނެ
އެ ތާރީޚުގެ ކުރިއޭ ފަހަތޭ ދެން މިހާރު ކިޔާނެކަމެއް ނެތް! ޝަރުތު ހަމަވާ އެންމެންނަށް ދޭނަމޭ ކިޔާފައި ދެން އަބުރާނެ ކަމެއް ނެތް! ވެރިކަން ނުލިބޭއިރު އެހެން ވާހަކައެއް، ލިބުނީމަ އެހެން ވާހަކައެއް! އަދި މިއުޅެނީ ހުވާވެސް ނުކޮށް!
ތަރީހުން ހެކި ދެނީ ދެވަނަ ފިޔަވަހި އުވާލަނީކަން