ރައްޔިތުންގެ މަޖިލިހުގެ ކުރިޔަށް އޮތް ދައުރުގެ އިނގުރައިދޫ ދާއިރާގެ މަޖިލިސް ކެމްޕޭން، ބޮޑު ތާއީދަކާއެކީ އެދާއިރާގެ ކުރީގެ މެމްބަރުން އިބުރާހިމް ފަލާހު ފައްޓަވައިފިއެވެ.
18 ވަނަ މަޖިލިހުގައިވެސް އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި ފަލާހު ކުރިޔަށް އޮތް ދައުރުގައި އެދާއިރާގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަން ނިންމެވިއިރު އޭނާވަނީ ފާއިތުވި ރިޔާސީ އިންތިޚާބު ޑރ. މުއިއްޒުއަށް ކާމިޔާބު ކޮށްދިނުމުގައި އިސްދައުރެއް އަދާކޮށްފައެވެ. މިގޮތުން އޭނާވަނީ "ދިވެހީންގެ ރާއްޖެ" ކެމްޕޭންގެ ރ. އަތޮޅުގެ އެންމެ އިސްފަރާތެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.
މިއަދު ރަސްމާދުއަށް ވަޑައިގަތުމަށްފަހު އެރަށުގައި ހުންނަވައިގެން "ޚަބަރު އޮންލައިން" އާއި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ ދާއިރާގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރަކީ ދާއިރާގެ ރައްޔިތުންގެ ހާލު ބައްލަވާލެއްވުމުގެ އިތުރުން، ފާއިތުވި ރިޔާސީ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީއަށް ދާއިރާގެ ރައްޔިތުންގެ ފަރާތުން ލިބިގެދިޔަ ތާއީދަށް ޝުކުރު އަދާކުރެއްވުމުގެ ގޮތުން ކުރައްވަމުން ގެންދަވާ ދަތުރެއް ކަމުގައެވެ.
ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރަން އަޅުގަޑު ގަސްތު ކުރާތީ، މިހާރުއްސުރެ ދާއިރާގެ ރައްޔިތުންގެ ތާއީދު ހޯދުންވެސް އެއީ މިދަތުރުގެ ވަރަށް ބޮޑު މަގުސަދެއް. އިރާދަ ކުރެއްވިއްޔާ ދާއިރާގެ ރައްޔިތުންގެ ވަރަށްބޮޑު އަޢުލަބިއްތަކުން މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް.
ފަލާހު ވިދާޅުވިއެވެ.
ފަލާހު ރައްޔިތުންގެ މަޖިިހުގެ އިނގުރައިދޫ ދާއިރާގެ ކެމްޕޭން ފައްޓަވާފައިވާއިރު، އޭނާ މިއަދުވަނީ އެދާއިރާގެ ރަސްމާދޫއަށް ވަޑައިގެންފައެވެ. ފަލާހު މިއަދު ރަސްމާދޫއަށް ވަޑައިގަތުމާއެކު އޭނާއަށް ތާއީދުކުރާ ގިނަ އަދެއްގެ ބަޔަކުވަނީ އެރަށުން އޭނާއަށް މަރުހަބާ ކިޔާފައެވެ.
18 ވަނަ ރައްޔިތުންގެ މަޖިލިހުގައި އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އިބުރާހިމް ފަލާހުއަކީ ކުރީގެ ރައީސް ޔާމިންއާއި އަދި އިންތިޚާބީ ރައީސް ޑރ. މުއިއްޒުގެވެސް އަރިސް ފަރާތެއްކަން ފާހަގަ ކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ