ހދ. މަކުނުދޫގައި ސިލިންޑަރެއް ގޮވައިގެން ދެމީހަކު މަރުވި ހާދިސާ ފުލުހުންނާއި ސިފައިން ގުޅިގެން ތަހުގީގު ކުރަން ފަށައިފިއެވެ. ފުލުހުންގެ ފަރާތުން ހާމަ ކޮށްފައިވާ ގޮތުގައި އެ މުވައްސަސާގެ ފޮރެންސިކް ޓީމަކާއި ތަހުގީގު ޓީމެއް މިހާރު ދަނީ މަކުނުދޫގައި ހަރަކާތްތެރި ވަމުންނެވެ. އެމްއެންޑީއެފްއިން ބުނެފައިވަނީ ފުލުހުންނާއި ގުޅިގެން އެ ހާދިސާ ތަހުގީގު ކުރަމުން ދާކަމުގައެވެ.
މި ހާދިސާގައި މަރުވީ އިންޑިއާގެ ދެ ރައްޔިތުން ކަމުގައިވާ، މުހައްމަދު ރާޖާ އަންސާރީ, 27, އަދި ސުދީރާ ސެތީ, 25, އެވެ. މި ދެ ބިދޭސީންނަކީވެސް މަކުނުދޫ އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރަން ކުރިއަށްގެންދާ މަޝްރޫއުގައި މަސައްކަތްކުރާ ދެ މީހުންނެވެ.
މަކުނޫ މަސް މާރުކޭޓުގައި އިއްޔެ ހިނގި ހާދިސާގައި، ގޭސް ސިލިންޑަރު ގޮވާ ފިހުނު ދެމީހުންގެ ހަށިގަޑުގެ ކުދިކުދި ވުމުގެ ސަބަބުން މަރުވި ދެ ބިދޭސީންވެސް ކާކުކަން ނޭގޭވަރަށް އަދާފައިވެއެވެ.
މިގޮތުން މަރުވި ދެމީހުންގެ ހަށިގަޑުގެ ބައެއް ބައިތަށް ސިލިންޑަރު ގޮވި ހާދިސާގެ 150 ވަރަކަށް ފޫޓަށް ދުރަށް ބުރައިގެން ގޮސްފައިވާކަމަށްވެސް އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ކިޔައިދީފައި ވެއެވެ.
މަރުވި ދެ މީހުންގެ ހަށިގަނޑު މާލެ ގެނައުމަށް ވަނީ ނިންމާފައެވެ.
ކޮމެންޓު ފޮނުވާ