ހދ. މަކުނުދޫގައި ނަރުދަމާ މަސައްކަތް ކުރަމުންދިޔަ ސައިޓްގައި އެއްޗެއް ގޮވާ މަރުވި ދެ މީހުންގެ ހަށިގަނޑު މޭލެ ގެނައުމަށް ނިންމައިފިއެވެ. އެމީހުންގެ ހަށިގަނޑު މާލެ ގެނައުމުގެ ކުރިން ވަނީ މިހާރު ކުޅުދުއްފުއްޓަށް ގެންގޮސްފައެވެ.
ކޅުދުއްފުށީގައި ސިލިންޑަރެއް ގޮވައި ހިނގި ހާދިސާގައި މަރުވި ދެމީހުންގެ ހަށިގަނޑުވަނީ ކާކުކަން ނޭނގޭވަރަށް އަނދާފައެވެ. އަދި ހަށިގަނޑުގެ ބައިތަށް ވަރަށް ދުރަށް ބުރައިގެންގޮސްފައިވެއެވެ. ފުލުހުން އަންނަނީ އަދިވެސް އެތަނުގައި ހަރަކާތްތެރިވަމުންނެވެ.
ގޭސް ސިލިންޑަރެއް ގޮވާފައި ވަނީ އެ ރަށުގައި ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ބިގް ފިޝް ކުންފުނީގެ ސައިޓްގައެވެ. އަދި އެ ސައިޓްގައި އެއްޗެއް ގޮވުމުގެ ސަބަބުން އަލްޓެކް ކުންފުނީގެ ގުދަން ވެސް އެއްކޮށް ހަލާކުވެފައިވާ ކަމަށް އަލްޓެކްގެ އޮފިޝަލަކު ވިދާޅުވިއެވެ.
ފަހުން ސާފުވެފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ، މަކުނުދޫ މަސް މާރުކޭޓު ކައިރީގައި ހުރި ގޭސް ސިލިންޑަރެއް ގޮވައިގެންނެވެ. އަދި މި ހަދިސާގައި މަރުވެފައި ވަނީ އެރަށު އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތުގައި އުޅުނު ބިދޭސީ ދެ މުވައްޒަފަކެވެ.
މަކުނޫ މަސް މާރުކޭޓުގައި އިއްޔެ ހިނގި ހާދިސާގައި، ގޭސް ސިލިންޑަރު ގޮވާ ފިހުނު ދެމީހުންގެ ހަށިގަޑުގެ ކުދިކުދި ވުމުގެ ސަބަބުން މަރުވި ދެ ބިދޭސީންވެސް ކާކުކަން ނޭގޭވަރަށް އަދާފައިވެއެވެ.
މިގޮތުން މަރުވި ދެމީހުންގެ ހަށިގަޑުގެ ބައެއް ބައިތަށް ސިލިންޑަރު ގޮވި ހާދިސާގެ 150 ވަރަކަށް ފޫޓަށް ދުރަށް ބުރައިގެން ގޮސްފައިވާކަމަށްވެސް އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ކިޔައިދީފައި ވެއެވެ.
މި ހާދިސާއަށްފަހު އާންމުވެފައިވާ ބައެއް ފޮޓޯތަކުން އެގެން ހުރި ގޮތުގައި، ހާދިސާ ހިނގި ތަނުން ދުރަށް ހަށިގަޑުގެ ބައިތައް ނުވަތަ ތަންތަންކޮޅު ބުރައިގެން ގޮސްފައިވަނިކޮށް ފެންނާން ހުރެއެވެ. ވަކިވެފަފައިވާ، ހަށިގަޑުގެ ބައެއް ބައިތަށް ފޮރުވާފައިވަނީ އޭގެ މަތީގައި ގަހުގެ ފަތްތައް އަޅައިގެންނެވެ.
މިހާދިސާގައި ގޮވި ގޮވުމުގެ ބާރުގަދަކަމުން، މަކުނުދޫ ބަނދަރުމަތީގައި ހުރި އިމާރާތެއްގެ ބިއްލޫރިތައް ތަޅައިގެން ގޮސްފައިވާއިރު، އެތަނުގެ ސީލިންގެ ބައިތައްވެސް ވަނީ ވެއްޓިފައެވެ. އަދި ގޮވުމުގެ އަސަރުކޮށް، ބަނދަރުގައި އަޅާފައިއޮތް ދޯންޏެއްގެ ގެގަޑުގެ ބިއްލޫރިތައްވެސް ތަޅައިގެން ގޮސްފައި ވެއެވެ.
މިހާދިސާއާ ފުލުހުންނާއި ގުޅިގެން މިހާރު ތަހުގީގު ކުރަމުންދާކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.
ކޮމެންޓު ފޮނުވާ