މާފަންނު ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިން ދެ މީހުންގެ ބަންދަށް 3 ދުވަސް

މާފަންނު ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިން ދެ މީހުންގެ ބަންދަށް 3 ދުވަސް

Author
އަހުމަދު
21 އޮކްޓޯބަރ 2023 04:09
0

މާފަންނު ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިން މައްސަލައެއްގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް ތިން ދުވަސް ޖަހައިފިއެވެ.

މި ދެ މީހުންނަކީ ކުށެއްގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރު ކުރި ބައެކެވެ. އެ ދެ މީހުން ވަނީ ޕޮލިސް ސްޓޭޝަނުގެ ޕާޓިޝަން ހަލާކުކޮށް ތަނަށް ގެއްލުންދީފައެވެ. އެހެންވެ، އެ މައްސަލައިގައި ދެ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 46 އަހަރުގެ ދިވެހި ފިރިހެނަކާއި 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެމީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން ވަނީ އެމީހުންގެ ބަންދަށް ތިން ދުވަސް ދީފައެވެ.

މި މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންނަކީވެސް ކުށުގެ ރެކޯޑް އޮންނަ ދެމީހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.