މިއަދަކީ މުޅި ރާއްޖެ އިސްލާމްވީ ދުވަސް ނޫންކަމަށާއި، މިއަދަކީ ރާއްޖޭގެ ރަސްކަލަކު އިސްލާމްވީ ދުވަސް ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދޔ ފާހަގަ ކުރަމުންދާ ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން އިސްލާމްދީން ބަލައިގެންފައިވަނީ އެއް ދުވަހެއްގައި ނޫކަމަށެވެ. އަދި ރާއްޖެ އިސްލާމްވީ ދުވަހުގެ ގޮތުގައި ފާހަގަ ކުރެވެމުންދަނީ އޭރު ހުންނެވި ރަސްކަލަކު އިސްލާމްވީ ދުވަސްކަމުގައި ނަޝީދު ވިދާޅުވިއެވެ.
މި ދުވަހަކީ އޭރު ހުންނެވި ރަސްގެފާނު އިސްލާމްވީ ދުވަސް. އެންމެ ބޭފުޅުންނަށް ދުވަހުގެ ތަހުނިޔާ.
ރާއްޖެ އިސްލާމްވީ ދުވަހަކީ ރަސްކަލަކު އިސްލާމްވީ ދުވަސްކަމަށް ވިދާޅުވަމުން ނަޝީދު ޓުވީޓު ކުރައްވާފައި ވެއެވެ.
ކޮންމެ އަހަރެއްގެވެސް ރަބީޢުލް އާޚިރުމަހުގެ 2 ވަނަ ދުވަސް ފާހަގަ ކުރެވެމުންދަނީ ރަސްމީކޮށް ރާއްޖެ އިސްލާމްދީން ބަލައިގަތް ދުވަހުގެ ގޮތުގައެވެ.
ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަ ކުރެވެނީ އޭރު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ސިރީ ތްރިބުވަނަ އާދީއްތަ މަހާރަދުން އިސްލާމްދީން ގަބޫލު ކުރެއްވި ދުވަހަށް ނިސްބަތް ކޮށެވެ. އެރަސްގެފާނު އިސްލާމްދީން ގަބޫލުކޮށް ރާއްޖޭގެ ރައްޔިތުން އިސްލާމްދީން ގަބޫލުކުރުމަށް އަމުރު ކުރެއްވިކަމަށް ތާރީޚި ފޮތްތަކުން އެގެން އޮތީ ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ ކުރީކޮޅުއެވެ.
ތްރިބުވަނަ އާދީއްތަ މަހާރަދުން އިސްލާމްވެވަޑައިގަތުމަށް ފަހު އިހްތިޔާރު ކުރެއްވި ނަންފުޅަކީ އައްސުލްޠާނު މުޙައްމަދު އިބްނު ޢަބްދުﷲއެވެ. ދިވެހީންގެ މެދުގައި މި ރަދުންގެ ނަންފުޅު މަޝްހޫރު ވެފައި ވަނީ ދަރުމަވަންތަ ރަސްގެފާނުގެ ނަންފުޅުންނެވެ. ހަސަން ތާޖުއްދީނުގެ ތާރީހުގައި ލިޔުއްވައިފައިވާ ގޮތުގައި ރާއްޖެ އިސްލާމްވީ ހިޖުރީ ސަނަތުން 548 ވަނަ އަހަރު ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަހެވެ. އެއީ މީލާދީ ސަނަތުން 1153 ވަނަ އަހަރެވެ.
ރާއްޖޭގައި ރަސްމީ ގޮތުން މި ދުވަސް ފާހަގަކުރަނީ ތާޖުއްދީނު ލިޔުއްވައިފައިވާ ގޮތަށް ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަހުއެވެ.