ގއ. ކަނޑުހުޅުދޫ "ސީހޯސް3″ ދޯނިން ޢައްޒާގެ ރައްޔިތުންނަށް ބޮޑު އެހީއެއް

ގއ. ކަނޑުހުޅުދޫ "ސީހޯސް3″ ދޯނިން ޢައްޒާގެ ރައްޔިތުންނަށް ބޮޑު އެހީއެއް

ގއ. ކަނޑުހުޅުދޫ ސީހޯސް 3 ދޯނިން ޣައްޒާ ފަންޑަށް ބޮޑު އެހީއެއް ވެދީފިއެވެ. ސީހޯސް ދޯނިން މައުލޫމާތު ދީފައިވާ ގޮތުގައި ފަލަސްތީނުގެ ޣައްޒާގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ފާއިތުވި ހަފްތާގައި އެދޯނިން ބޭނި 50 ޓަނުގެ މަހުން 2 ޓަނަގެ މަހަށްވާ ފައިސާ ފަޅުވެރިންގެ ފަރާތުން ފަލަސްތީނު ފަންޑަށް ދިނުމަށް ވަނީ ހަމަޖައްސާފައެވެ.

ގއ. ކަނޑުހުޅުދޫގައި މަހަށްދުއްވާ ސީހޯސް ދޯނީގެ ފަޅުވެރިންގެ ފަރާތުން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ހަދިޔާކުރި 2 ޓަނުގެ މަހަށްވާ ފައިސާގެ އަދަދަކީ 50،000 ރުފިޔާއެވެ.

ސީހޯސް ދޯނީގެ ފަރާތުން "ޚަބަރު އޮންލައިން"އަށް މައުލޫމާތު ދިން ގޮތުގައި އެދޯދިން ފާއިތުވި ހަފްތާގައި ބާނާފައިހުރި 50 ޓަނުގެ މަހުގެ ތެރެއިން 2 ޓަނުގެ މަސް ޣައްޒާގެ އަނިޔާ ލިބެމުންދާ ރައްޔިތުންނަށް ހަދިޔާ ކުރުމަށް ނިންމީ ދޯނީގެ ހުރިހާ ފަޅުވެރިންގެ އިސްނެގުމުގެ މަތިންނެވެ.

ގއ. ކަނޑުހުޅުދޫ ސީހޯސް ދޯނިންވަނީ ޣައްޒާގެ ރައްޔިތުންނަށް 50,000 ރުފިޔާގެ އެހީއެއްދީފަ

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވެދިނުމަށް ޚައްސާކޮށްގެން ފަންޑެއް ހުޅުވާ، ފަންޑަށް އެހީ ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ފުޅާ ދާއިރާއެއްގެ މަސައްކަތް ކުރަމުންނެވެ.

ޔަހޫދީ ސިފައިން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ ދެހާހަށްވުރެ ގިނަ މީހުން މިހާރުވަނީ ޝަހީދު ވެފައެވެ. އަދި ހަތްހާހަށްވުރެ ގިނަ ރައްޔިތުންނަށް މިހާތަނަށް ވަނީ އަނިޔާވެފައެވެ. ޔަހޫދީ ސިފައިން މިހާރު ތައްޔާރުވަމުންދަނީ އެއްގަމު މަގުން ޣައްޒާއަށް އެރުމަށެވެ.

އެކަމަށް މަގުފަހި ކުރުމުގެ ގޮތުން އިސްރާއީލުން ވަނީ ޣައްޒާގެ އުތުރުގައި ދިރިއުޅެމުންދާ 1.1 މިލިއަން މީހުން ޣައްޒާގެ ދެކުނުގެ ސަރަހައްދަށް ގެދޮރު ދޫކޮށް ދިއުމަށް އަންގާ އިންޒާރު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *