ފަސްޓްލޭޑީ އާއި އިންތިޚާބީ ރައީސްގެ އަނބިކަނބަލުން ބައްދަލު ކުރައްވައިފި

ފަސްޓްލޭޑީ އާއި އިންތިޚާބީ ރައީސްގެ އަނބިކަނބަލުން ބައްދަލު ކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
09 އޮކްޓޯބަރ 2023 12:26
0

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުކުރެއްވުމުގައި، ރިޔާސީ އިންތިހާބުގައި މުއިއްޒު ހޯއްދެވި ކާމިޔާބީ އަށް ސާޖިދާއަށް މަރުހަބާ ދެންނެވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. ފަޒްނާއާ ސާޖިދާ މިއަދު ބައްދަލުކުރެއްވި އިރު، ވެރިކަން ބަދަލު ވާއިރު ވެރިންގެ އަނބިކަނބަލުން ބައްދަލުކުރެއްވުމަކީ މީގެ ކުރިން ކުރެއްވި ކަމެއް ނޫނެވެ.

ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ޑރ. މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ދެބޭފުޅުންވެސް ވަނީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެޑއިގެންފައެވެ. އަދި ދެ ބޭފުޅުންވެސް ފިރިކަލުންނަށް އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ.

ފަސްޓް ލޭޑީ ފަޒްނާ އަހްމަދު އާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މުލިއާގޭގައި ބައްދަލުކުރެއްވުން.– ފޮޓޯ: ރައީސް އޮފީސް

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުން ޑރ. ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބު ހޯއްދެވީ 129،159 ވޯޓާއި އެކު 54 އިންސައްތަ ދިވެހި ރައްޔިތުންގެ ތާއިދާއެކުއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ލިބިވަޑައިގަތީ 109868 ވޯޓްއެވެ. އެއީ ވޯޓްލީ މީހުން 45.9 އިންސައްތައެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ދާއިމީ ނަތީޖާ ދައްކާގޮތުން އެމްޑީޕީގެ ކެނޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 109،868 ވޯޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.