މިހާރު ހަނގުރާމަ ފެށިފައިވާ އިޒުރޭލުގައި ތާށިވި ބޮލީވުޑްގެ ތަރި، ނުޝްރަތު ބަރޫޗާ އިއްޔެ އެނބުރި އިންޑިއާ އަށް ގޮސްފި އެވެ.
ފެސްޓިވަލެއްގައި ފިލްމެއްގެ ޕްރީމިއާ އަށް ގޮސް އުޅެނިކޮށް އިޒްރޭލަށް ހަމާސް އިން ދިން ވަރުގަދަ ހަމަލައާ ގުޅިގެން މިހާރު ޕަލަސްތީނާ އެކީ ހަނގުރާމައެއްގެ ތެރެގައި އޮތް އިޒްރޭލުގައި އޭނާ ތަށިވުމާއި އެކުގައި ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައިއެވެ. ނަމަވެސް އޭނާ ސަލާމަތުން އެނބުރި އިއްޔެ އިންޑީއަށް އައުމާއި އެކުގައި ނޫސްވެރިން ވަނީ ސުވާލު ކުރަން ފަށައިފައިއެވެ.
ވަރަށް ބިރުން އަދި ދެރަވެ ރޮވޭގޮތް ވެފައި ހުރި ނުޝްރަތު ވަނީ ނޫސްވެރިންގެ ސުވާލު ތަކަށް ޖަވާބު ދިނުމެއްނެތި އެތަނުން ގޮސްފައިއެވެ. ނުޝްރަތުގެ ޓީމުން ބުނި ގޮތުގައި، އޭނާ އެނބުރި ގައުމަށް ގެންދިޔައީ އިޒްރޭލުގައި ހުންނަ އިންޑިއާ އެމްބަސީގެ އެހީގަ އެވެ.
ނުޝްރަތު އިޒުރޭލަށް ދިޔައީ "ހައިފާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް"ގައި ބައިވެރިވާށެވެ. ހަމަލާ ބަދަލުކުރަން ފެށި ފަހުން އޭނާއާ މުއާމަލާތް ކުރެވުނީ އެންމެ ފަހަރަކު އެވެ. އޭގެ ފަހުން އޭނާގެ ހަބަރެއް ނުވެގެން އުޅުނެވެ.
ކޮމެންޓު ފޮނުވާ