"ތޭޖާސް" ގެ ޓްރެއިލާ ދައްކާލައިފި

"ތޭޖާސް" ގެ ޓްރެއިލާ ދައްކާލައިފި

Author
ފާތިމަތު ނާވީ
12 އޮކްޓޯބަރ 2023 09:49
0

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަންގަނާ ރަނާވަރުގެ ކުރިއަށް އޮތް ފިލްމް "ތޭޖަސް"ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އެއާފޯސް ޕައިލެޓް ތޭޖަސް ގިލްގެ ހަޔާތުގެ މައްޗަށް ހަދާ މި ބަޔޮޕިކްގައި ކަންގަނާ ފެނިގެންދާނީ ތޭޖަސްގެ ރޯލުންނެވެ. މިއީ ވަރަށް ހިތްވަރުގަދަ ޕައިލެޓެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

މި ފިލްމް މީގެ ކުރިން ދެފަހަރެއްގެ މަތިން ވަނީ އަޅުވަން ތާވަލް ކޮށްފައިއެވެ. ނަމަވެސް މިހަތަނަށް ވެސް އެކި އެކި ސަބަބު ތަކާހެދި ބެލުންތެރިންނަށް ފިލްމް ގެނެސްދެވޭ ގޮތެއް ނުވެއެވެ. މިހާރު މި ފިލްމް ތާވަލު ކޮށްފައިވަނީ މިމަހުގެ 27 އަށެވެ.

 

View this post on Instagram

 

A post shared by RSVP (@rsvpmovies)

ހަތަރު ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާގެ މޮޅު އެކްޓިންއެއް ފެންނާނެ މި ފިލްމަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި އަދި އެ ފިލްމުން އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ވިކީ ކޯޝަލަކަށް ލިބުނު 2019 ގެ ވަތަނީ ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާ ގެނެސްދޭ ފިލްމެކެވެ. އޭނަ އަކީ ކަންގަނާ އަށް ފުރަތަމަ ނެޝަނަލް އެވޯޑް ލިބުނު 2008 ގެ "ފެޝަން" ގެ ވެސް ޕްރޮޑިއުސަރެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.