ފައި ބިންދާލި ގިނިކާމާ ދޫނި މަރުވެއްޖެ

ފައި ބިންދާލި ގިނިކާމާ ދޫނި މަރުވެއްޖެ

Author
ހުސެއިން
05 އޮކްޓޯބަރ 2023 11:58
0

ރޭގެ ވަގުތެއްގައި، ހުޅުމާލޭގައި އޮޅުކޮށްގެން ގެންގުޅެމުން ދަނިކޮށް، ރޭގެ ވަގުތެއްގައި އަނިޔާކޮށް، ފައި ބިންދާލި ގިނިކާމާ ދޫނި (އޮސްޓްރިޗް) މަރުވެއްޖެއެވެ.

ހުޅުމާލޭގައި ގެންގުލެމުން އައި ބޮޑު އޮސްޓްރިޗްގެ އެއްފައި ބަޔަކު ބިންދާލުމާއި ގުޅިގެން، އޮސްޓްރިޗްއަށް ފަރުވާ ދޭނެ ބަޔަކު ހޯދުމަށް އެދޭ ކަމުގައި އޭގެ ވެރިފަރާތުން މިއަދު ބުނެފައި ވެއެވެ.

އޮސްޓްރިޗްގެ ވެރިފަރާތުން މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ވަރަށް ލޯބިން ގެންގުޅެމުންއައި އޮސްޓްރިޗަށް ރޭގެ ވަގުތެއްގައި ބަޔަކު ކޮށީތެރެއަށްވަދެ ހަމަލާދީ އޭގެ ފައި ބިންދާލާފައި ވާކަމުގައެވެ. އަދި އެފަރާތުން ބުނެފައިވަނީ މި އަމަލަކީ ވަރަށް ފިނޑި އަމަލެއް ކަމުގައެވެ.

އޭގެ ވެރިފަރާތުން ބުނެފައިވަނީ މި ދޫނި ބަލާލުމަށްޓަކާ 50 ނުވަތަ 100 ވަރަކަށް ކުޑަކުދިންނާއި ބޮޑެތި މީހުން ކޮންމެ ދުވަހަކުވެސް ޒިޔާރަތް ކުރަމުން ގޮސްފައިވާކަމުގައެވެ. ދޫނީގެ ވެރިމީހާ ބުނެފައިވަނީ އެ ދޫނި ބަލާލުމަށާއި އަދި ކާންދިނުމަށް ކަމުގައެވެ.

ދޫނީގެ ވެރިފަރާތުން ބުނެފައިވަނީ އެ ދޫނި މަރުވެފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމުގައެވެ. އެދޫނި މަރުވިއިރު، ދޫނި މަރުވިތާ މިހާތަނަށް ވެފައިވަނީ 416 ދުވަހެވެ. ދޫންޏަށް އަނިޔާ ކޮށްފައިވަނި ރޭގެ ވަގުތެއްގައި ދޫނި ބައިންދާފައި އޮންނަ ކޮއްޓަށް ބަޔަކު މީހުން ވަދެއެވެ. އެ ކޮށި ހުންނަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައެވެ.

"އޮޒީ"ގެ ނަމުން ނަން ދީފަައިވާ އެ ދޫންޏަކީ ވަރަށް ކުޑައިރުއްސުރެ ގެންގުޅެމުން އައިސްފައިވާ ދޫންޏެކެވެ. އޮސްޓްރިޗްގެ ވެރިފަރާތުން ބުނެފައިވަނީ މިމައްސަލަ ފުލުހަށް ހުށަހަޅާފައި ނުވިނަމަވެސް އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އާ ގުޅިގެން މިކަން ހިންގި ފަރާތް ހޯދަމުން އަންނަ ކަމަށެވެ.

އެފަރާތުން ހާމަކޮށްފައިވާ ގޮތުގައި އޮސްޓްރިޗް ގެންގުޅެމުން އައިސްފައިވަނީ ހުއްދަ ނަގައިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހިސާމް
ގަސްތުގައި ފައިބިންދާލި ނަމަ އެބަޔަކު ﷲ ބިރުވެތިވެ ތައުބާ ވާށެވެ އެފަދަ ލާއިންސާނީ އަނިޔާ ދިނުމީ ވ ވ ދެރަކަމެތް . ކުރިބަޔަކީ ހަމަ އިންސާނުންބާ ވައެވެ.
A Abdulla shaaniz
ހުސޭނާ ތަންކޮޅެއް ހަމަޖެހިލައިގެން މިކަން ކޮއްބަލަ
ފ ފާތުމަ
ދޫނިމަރުވިއިރު ދޫނި މަރުވިތާ 416 ދުވަސް ވަނީ ވެފައެވެ. އަންތަރީސް. ސޯސަލް މީޑިޔާއަށް ދޫކޮށްލާއިރު ލިޔުނު ލިޔުންކޮޅު 1 ފަހަރު ކިޔާލާނަމަ
ނ ނުވިސްނޭ
416 ދުވަސް ކުރިން މަރުވެފައިވާ ދޫންޏަކަށް އިއްޔެގަ ފަރުވާދޭނެ ބަޔަކު ހޯދަން އަންގާފަ މިވާ ގޮތެއް ނުވިސްނުނު ️
މ މީހެއް
ނޫހުގަ މި ޖެހެނީ ކީކޭކަން ބަލާލަން ވަރަށް މުހިއްމު. ހަމަނުޖެހޭ ގޮތްގޮތަށް ލިޔެގެން ތި ދެވެނީ ދިވެހި ބަހަށް ވަރަށް ބޮޑު އަނިޔާއެއް.
މ މީހެއް
ދިވެހި ނޫސްވެރިކަމުގެ ފެންވަރު މިހާ ދަށްވީ ކޮންއިރަކުބާ؟
ސ ސާބަސް
މި ހަބަރު ލިޔުނު މީހަކު ލިޔެފަ އަދި އަލުން މި ލިޔުވުނީ ކީކޭ ތޯ ބަލާލިނަމަ
ފ ފާތުމަ
ދޫނިމަރުވިއިރު ދޫނި މަރުވިތާ 416 ދުވަސް ވަނީ ވެފައެވެ. އަންތަރީސް. ސޯސަލް މީޑިޔާއަށް ދޫކޮށްލާއިރު ލިޔުނު ލިޔުންކޮޅު 1 ފަހަރު ކިޔާލާނަމަ