އެމް.ވައި.އެސް ކުލަބު ބަހުސް ވާދަވެރި، އިންތިޚާބު ހުކުރު ދުވަހު

އެމް.ވައި.އެސް ކުލަބު ބަހުސް ވާދަވެރި، އިންތިޚާބު ހުކުރު ދުވަހު

Author
މުޙައްމަދު ޝަޒައިމް
04 އޮކްޓޯބަރ 2023 05:45
0

މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް، ކޮމިއުނިޓީ އެންޑް އެމްޕަވަރމަންޓުގެ ކުލަބުގެ އެކި މަޤާމުތަކަށް މެމްބަރުން ހޮވުމަށް ބާއްވާ އިނންތިޚާބު މިހަފްތާގެ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ޔޫތު މިނިސްޓްރީގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ގެންދަނީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އެމްވައިއެސް ކުލަބަކީ އެމިނިސްޓްރީގެ މުވައްޒިފުންނާއި ގުޅުންހުރި އެކި، ކަންކަން ހަރުދަނާ ކަމާއިއެކު ކުރިއަށް ގެންގޮސް އެކުވެރިކަމާއިއެކު އެކި ހަރަކާތްތައް ހިންގުމަށް އުފައްދާފައިވާ ކުލަބެކެވެ.

އެކުލަބުން ވަނީ ފާއިތުވެދިޔަ ތަނުގައިވެސް މުވައްޒިފުންގެ ގުޅުން ބަދަހި ކުރުމަށާއި، އޮފީސްތަކުގެ މެދުގައި ބާއްވާ އެކި ކުޅިވަރު މުބާރާތްތަކާއި، އެހެނިހެން ހަރަކާތްތަކުގައިވެސް އިންނަގައިގެން ބައިވެރިވެ މުހިންމު ދައިރެއް އަދާކޮށްފައެވެ. އެކުލަބުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ކުލަބުގެ ހިންގުން އިތުރަށް ރަނގަޅުކޮށް މުވައްޒިފުންނަށް ރަނގަޅު ގޮތްތަަށް ފަހި ކުރުމެވެ.

އެމްވައިއެސް ކުލަބުގެ ބަހުސްގެ ތެރެއިން، ފޮޓޯ: ޔޫތު މިނިސްޓްރީ

އެމްވައިއެސް ކުލަބުގެ އެކި މަޤާމުތަށް ގިނަ ކެންޑިޑޭޓުންތަކެއް ވާދަކަ ކުރެއެވެ. އެކި މަޤާމުތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި އެމްވައިއެސް ކުލަބުން އިސްނަގައިގެން ވަނީ ބަހުސެއް ކުރިއަށް ގެންގޮސްފައެވެ. ބަހުސް ގެންގޮސްފައިވަނީ ކުލަބުގެ ރައީސްކަމަށް ވާދަކުރާ ކެންޑިޑޭޓުންނާއި ނައިބް ރައީސް ކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައެވެ.

ރައީސްކަމުގެ މަޤާމަށް ކުރިމަތި ލެއްވި ބޭފުޅުން:

ފާތިމަތު ނިޝާރު / ސީނިއާ ޕްރޮކިއމަންޓް އޮފިސަރ
ޢާއިޝަތު ޢަރޫޝާ / ސީނިއާ ޔޫތު އޮފިސަރ

ނައިބް ރައީސުންނަށް ވާދަކުރައްވާ ބޭފުޅުން:

– ނަސްރީނާ އިދުރީސް / ޔޫތު މިނިސްޓްރީގެ ޑިރެކްޓަރ
– ތަމްލީކާ މުހައްމަދު / ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިިސަރ

– ނައިބް ރައީސް ފިރިހެން:
– ހުސެއިން ރަޝީދު / އެސިސްޓެންޓް ޑިރެކްޓަރ

މިބޭފުޅުންގެ މެދުގައި ރޭވަނީ ޚާއްސަ ބަހުސެއް ކުރިއަށް ގެންގޮސްފައެވެ. ބަހުސްގައި ކެންޑިޑޭޓުންގެ ވާދަވެރި ކަމާއި، މުވައްޒިފުންގެ އެއްބައިވަންތަކަން ދަމަހައްޓައި، ކުރަން ރާވާފައިވާ މުހިންމު ކަންކަންވެސް ވަނީ ހިއްސާ ކޮށްފައެވެ. ކެންޑިޑޭޓުންގެ ބަހުސް ބައްލަވާ ލެއްވުމަށް ޔޫތު މިނިސްޓަރ އަހުމަދު މަޚުލޫފާއި މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ. މިބަސްގެ ސަބަބުން ކުލަބުގެ އެންމެ ޒިންމާދާރު މަޤާމުތަކަށް ކުރިމަތިލައްވާ ބޭފުޅުންގެ ތަސައްވަރު މެމްބަރުންނަށް ވަނީ ސާފުވެފައެވެ.

އެމްވައިއެސް ކުލަބުގެ ބަހުސްގެ ތެރެއިން، ފޮޓޯ: ޔޫތު މިނިސްޓްރީ

އޮފީސްތަކުގައި ކުލަބްތައް ވާދަވެރި ކަމާއިއެކު ހިންގި ނަމަވެސް މިފަދަ ގޮތަކަށް ކުލަބުތަކުގެ މަޤާމުތަކަށް ކުރިމަތިލާ ކެންޑިޑޭޓުންނަށް އަމާޒުކޮށް ބަހުސް ބާއްވައި މިހާ ވާދަވެރި ދެފުއްފެންނަ ގޮތަކަށް އިންތިޚާބުތައް ބޭއްވޭތަން ނުފެނެއެވެ. ނަމަވެސް ޔޫތު މިނިސްޓްރީގެ މި އިސްނެގުމަކީ މިއީ އެހެން އޮފީސްތަކުގެ ކުލަބުތައް ހިންގުމަށް ލިބިގެދާނެ އިތުރު ހިތްވަރަކަށް ވެގެންދާނެއެވެ. އެމްވައިއެސްގެ އަމާޒަކީ އެއޮފީހުގެ ކުލަބަކީ އަބަދުވެސް ނަމޫނާ ކުލަބެއްގެ އޮތުމެވެ.

އެމްވައިއެސް ކުލަބުގެ ބަހުސްގެ ތެރެއިން، ފޮޓޯ: ޔޫތު މިނިސްޓްރީ

އިންތިޚާބުން ކޮންމެ ކެންޑިޑޭޓުންތަކެއް މޮޅުވި ނަމަވެސް ކުލަބުގެ އަމާޒު ހުރީ މިނިސްޓްރީގެ މުވައްޒިފުންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް އެކަތި ގަނޑެއްގެ ގޮތުގައި މަސައްކަތްކޮށް، އެހެން އޮފީސްތަކަށް ނަމޫނާ ބަޔަކަށް ވުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.