މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
09 ޑިސެމްބަރ 2020 02:47
0

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއް ހިންގައި މީހަކު ހައްޔަރުކޮށް އެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

އެގޮތުން ހިންގި އެއް އޮޕަރޭޝަނަކީ މާލެއިން ނ. އަތޮޅަށް ދަތުރުކުރަމުންދާ ބޯޓަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މަނަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އެ ބޯޓުން ގެނައި ފޮށިގަނޑެއް މިލަދޫ ޑިންގީ އަކަށް އަރުވައިގެން މަނަދޫން ފުރަން އުޅެނިކޮށް ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 22 ރަބަރު ޕެކެޓު ފެނިފައިވެއެވެ. މިއަދު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭގެ އިތުރުން، މާލެއިން މާމިގިއްޔަށް ދަތުރުކުރަމުންދާ ފެރީއަކުން މަސްތުވާތަކެތި ގެންދާ ކަަމަށް މާމިގިލި ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު ވެސް އޮޕަރޭޝަނެއް ހިންގާފައިވެއެވެ.

މާމިގިލި ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި، އެ ފެރީން ގެނައި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.