މެންބަރު ޒަރީރަށް އަނެއްކާވެސް ނުރައްކާތެރި ހަމަލާއެއް ދީފި

މެންބަރު ޒަރީރަށް އަނެއްކާވެސް ނުރައްކާތެރި ހަމަލާއެއް ދީފި

Author
އަހުމަދު
29 ޖޫން 2026 10:49
0

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ޕީއެންސީ މެންބަރު ޙަސަން ޒަރީރަށް ރޭގެ ވަގުތެއްގައި ބަޔަކު އަނެއްކާވެސް ހަމަލާދީފިއެވެ.

އިތުބާރު ހުރި މަސްދަރަކުން މިކަން ކަށަވަރުކޮށްދީފައިވީ ނަމަވެސް، މި ހާދިސާއާ ގުޅޭގޮތުން ޒަރީރުގެ ފަރާތުން މިހާތަނަށް އަދި އެއްވެސް ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

މިއީ ޒަރީރަށް މިފަދަ ހަމަލާއެއް އަމާޒުވި ފުރަތަމަ ފަހަރެއް ނޫނެވެ. ނަވާރަވަނަ މަޖިލީހުގައިވެސް މެންބަރުކަން ކުރައްވަމުން ގެންދަވަނިކޮށް، 1 މެއި 2023 ގެ ފަތިހުގެ ވަގުތެއްގައި ބުރުޒުމަގުގައި ހުންނަ ހަބީބީ ކެފޭ ތެރެއިން ފަސް މީހެއްގެ ގްރޫޕަކުން ވަނީ އޭނާއަށް ވަރަށް އަނިޔާވެރި ހަމަލާތަކެއް ދީފައެވެ. އެފަހަރު އޭނާގެ ގައިގައި އަތުންނާއި ފައިން ތެޅުމަށްފަހު، ބޮލުގައި މަރުތޭލަކުން ޖަހައި ޒަޚަމްކޮށްލާފައިވެއެވެ.

އެ މައްސަލައާ ގުޅިގެން ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ ދައުލަތުން ތިން މީހެއްގެ މައްޗަށް އުފުލިއެވެ. ނަމަވެސް، ހާދިސާ ހިނގި ކެފޭއަކީ އަނދިރިކޮށް އޮތް ތަނަކަށްވެފައި، ހަމަލާދިން މީހުންނަކީ ކޮބައިކަން ސީދާ ދެނެގަންނަން ދައުލަތުން ހުށަހެޅި ހެކިވެރިންނަށްވެސް ނޭނގުމުގެ ސަބަބުން، ކްރިމިނަލް ކޯޓުން ވަނީ އެކަށީގެންވާ މިންވަރަށް ހެކި ނެތްކަމަށް ކަނޑައަޅައި އެ ތިން މީހުންވެސް މިނިވަންކޮށްފައެވެ. އޭގެ ތެރެއިން އެކަކީ އެ މާރާމާރީގައި ބައިވެރިވި މީހެއް ނޫންކަމަށް ޒަރީރު އަމިއްލައަށްވެސް ކޯޓުގައި ހެކިބަސް ދެއްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.