މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އަވަސް ފަރުވާދިނުމަށް ގއ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފި

މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އަވަސް ފަރުވާދިނުމަށް ގއ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފި

Author
ޢަލީ އާދަމް
09 ޑިސެމްބަރ 2020 02:05
0

މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އަވަސް ފަރުވާދިނުމަށް ގއ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައި ވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ގއ.އެކަފަރު އިރު އުތުރުން 1.5 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަމުންދިޔަ، ”ކޯމަސް“ ދޯނީގައިހުރި 36 އަހަރުގެ ދިވެހި ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފުގެ ސަދަން އޭރިއާގެ ކޯސްޓް ގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު، އޭނާއަށް އަވަސް ފަރުވާދިނުމަށް ގއ.އަތޮޅު ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި އެ އަތޮޅު ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް އޭނާ ގެންދެވޭނެކަމަށް އެމްއެންޑީއެފުން ލަފާކޮށްފައިވަނީ 1:30 ހާއިރުއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މެންދުރު 11:30 ހާއިރު ކަމަށެވެ. މި ދޯންޏަކީ ގއ. މާމެންދޫ ދޯންޏެއް ކަމަށްވެސް އެމްއެންޑީއެފުން ވަނީ މަޢުލޫމާތުދީފައެވެ.

ފޮޓޯ: އެމްއެންޑީއެފް

ފަހަކަށް އައިސް މިފަދަ ހާދިސާތަކުގައި އެމްއެންޑީއެފްގެ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭންޖެހޭ އަދަދު އިތުރުވެފައި ވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.