ދަތި އުދަނގޫ ދުވަސްތަކާއިއެކު ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެވިއްޖެ: ރައީސް

ދަތި އުދަނގޫ ދުވަސްތަކާއިއެކު ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެވިއްޖެ: ރައީސް

Author
މުޙައްމަދު ޝަޒައިމް
02 އޮކްޓޯބަރ 2023 11:35
0

ދިމާވި ދަތި އުދަނގޫތަކާއިއެކު ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެއްވިޖެ ކަމުގެ އިހުސާސް ކުރެވޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށްފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވާ މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ވެރިކަމުގެ ތެރޭގައި ދިމާވި ބޮޑެތި ގޮންޖެހުންތަކާއިއެކު ހެޔޮ ވެރިކަމެއް ރައްޔިތުންނަށް ކޮށްދެވުނު ކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ. ކޯވިޑާއި، އެނޫންވެސް ގޮންޖެހުންތައް ފާހަގަ ކުރަމުން ރައީސް ވިދާޅުވީ ތަފާތު ހިޔާލުތަކާއިއެކު ކޯލިޝަނެއްގެ ތެރެއިން އެންމެން ގޮވައިގެން ޤައުމަށް ގެނެވުނު ހެޔޮ ބަދަލުތަކާއިމެދު އުފާ ކުރައްވާކަމަށެވެ.

ފަސްއަހަރު ދަތިތަކާއި އުދަނގޫތަކާއިއެކު ރައޔްިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެވިއްޖެ ކަމުގެ އިހުސާސް ކުރެވިއްޖެ. މިހާލަތުގައި އަޅުގަނޑައިއެކު ފަސް އަހަރު މަސައްކަތް ކުރެއްވި ކެބިނެޓްގެ ވަޒީރުންނާއި، ރައީސް އޮފީހުގައި މަސައްކަތް ކުރެއްވިބޭފުޅުން، މަޖިލީހުން އަޅުގަނޑަށް އެއްބާރުލުން ދެއްވި މެމްބަރުން އަދި ސަރުކާރުގެ އޮފީސް ކުންފުނިތަކުގެ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

– ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ދެމިހުންނަވާނީ އެމްޑީޕީގައި ކަމަށެވެ. ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކޮށް ފައްކާކުރަން ކުރަން އަދިވެސް ކުރަން ހުރި ކަންކަން އެބަހުރި ކަމަށާއި އެމްޑީޕީގެ ތެރެއިން އެ މަސައްކަތް ކުރައްވާނެ ކަަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.