ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ސައިކަލެއްގައި ދިޔަ އަންހެނަކު ދިމާކޮށް ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފިއެވެ.
މިނިސްޓަރ އިމްރާން ރައީސް އޮފީހުން ނިކުމެ ވަޑައިގެން ހިންގަވާފައިވާ ވެލާނާގެއަށް ވަޑައިގަންނަވަނިކޮށް ސައިކަލެއްގައި ފަހަތުން އައި އަންހެނަކުވަނީ މިނިސްޓާ އިމްރާނާއި އެއްވަރަށް ސައިކަލުގައި ދުއްވަމުން އޭނާގެ ޝުޢޫރުތައް ފާޅުކޮށްފައެވެ. މިއަންހެން މީހާއަކީ އަދާލަތް ޕާޓީގެ އޮފީހުގައި މިނިސްޓަރ އިމްރާން އޭނާއަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މީހާއެވެ. މިމީހާވަނީ އޭނާއަށް އިންސާފު ހޯދުމަށާއި، އެކަމުގައި ދޫނުދެއްވާނެކަމަށް ބުނެ އަޑު އުފުލާފައެވެ. ނަމަވެސް މިވާހަކަތަކަށް މިނިސްޓަރ އިމްރާން ޖަވާބުވެސް ނުދެއްވައި އިސްވެސް އުފުލާނުލައި، ވަޑައިގެންނެވީ އޮފީހަށެވެ.
A woman who claimed that she was sexually assaulted by Home Minister @ShimranAb confronted him near President’s office today. According to her the incident took place at Adhaalath Party’s office. pic.twitter.com/SjbTPCGZgg
— aaidh (@aaaaaidh) December 9, 2020
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މި އަންހެން މީހާއަށް ޖިންސޯ ގޯނާ ކުރި ކަމަށް ބުނާ މައްސަލަ، ދެފަހަރެއްގެ މަތިން ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅަން މަސައްކަތް ކުރުމުން ވެސް މައްސަލަ ބަލައި ނުގަނެ ވަނީ ބޭރުކޮށްލާފައެވެ.
ޖިންސީ ގޯނާގެ ތުހުމަތުތަކެއް މިނިސްޓަރު އިމްރާންގެ މައްޗަށް ކުރެވިފައި ވާއިރު، މިމައްސަލާގައި މިހާތަނަށް މިނިސްޓަރ އިމްރާން އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވެއެވެ. މިނިސްޓަރ އިމްރާން ވަނީ މިސަރުކާރު ވެރިކަމަށް އައިފަހުން ޖެންޑާ މިނިސްޓަރުގެ ނައިބުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ފާތިމަތު ޔުމްނާއާއި ކައިވެނި ބައްލަވައިގެންފައެވެ.
ކޮމެންޓު ފޮނުވާ