މުއިއްޒުއަށް ލޯތްބާއި އިހުތިރާމާއިކު މަންމަގެ މަރުޚަބާ!

މުއިއްޒުއަށް ލޯތްބާއި އިހުތިރާމާއިކު މަންމަގެ މަރުޚަބާ!

ރިޔާސީ އިންތިޚާބުން ލިބުނު ބޮޑު ކާމިޔާބާއިއެކު ރޭ ދަންވަރު ގެއަށް ވަޑައިގެންނެވުމުން އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަންމާފުޅުގެ ފަރާތުން ހޫނު މަރުޚަބާއެއް ވިދާޅުވެއްޖެއެވެ.

އިންތިޚާބުގެ ނަތީޖާ ގުނަމުންދިޔައިރުވެސް މުއިއްޒު އިންނެވީ ޕީޕީއެމްގެ ލީޑަރޝިޕާއިއެކުގައެވެ. އަދި އެއަށްފަހު ނޫސްވެރިންނާއި ބައްދަލު ކުރެއްވުމަށްފަހު މުއިއްޒު ގެޔަށް ވަޑައިގެންނެވީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެވަގުތު މުއިއްޒަށް ގެއިން އެންމެ ފުރަތަމަ މަރުޚަބާ ވިދާޅުވީ މަންމާފުޅެވެ. މުއިއްޒު މަންމަ ވަނީ މުއިއްޒުގެ ގައިގައި ބާރަށް ބައްދާލުމަށްފަހު ލޯތްބައިއެކު މަރުޚަބާ ދަންނަވާފައެވެ.

މުއިއްޒުއަށް އޭނާގެ މަންމަ ކިޔާފައިވާ ހޫނު މަރުޚަބާ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ގެންދަނީ ދައުރު ކުރަމުންނެވެ. އަދި މިއީ މުއިއްޒުގެ ޢާއިލީ ގުޅުން ރަމްޒުކޮށްދޭ ވަރަށް ރީތި މިސާލެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

https://www.facebook.com/thaakihaa.bey/videos/846940573574582/?mibextid=v7YzmG

ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި މުއިއްޒުގެ ޢާއިލާއާއި ގުޅޭގޮތުން ސާބިތުނުހިފޭ އެކިވާހަތަކަށް ބައެއް މީޑިއަތަކާއި ސޯޝަލް މީޑިއާގައި ދައުރު ކޮށްފައެވެ. ނަމަވެސް އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަން މުއިއްޒުގެ ޢާއިލާއިން ތަކުރާރުކޮށް ގެންދިޔައީ ވިދާޅުވަމުންނެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބޮޑުތަނުން އިންތިޚާބު ކާމިޔާބުކުރައްވާފައެވެ. އެގޮތުން ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓަށް ލިބިވަޑައިގެންނެވީ 126586 ވޯޓެވެ. އެއީ ވޯޓުލި މީހުންގެ %54.05 އެވެ. އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ލިބިވަޑައިގެންނެވީ 107611 ވޯޓެވެ. އެއީ ވޯޓުލި މީހުންގެ %45.95 އެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. "މަރުޚަބާ" (مرخبا) އެއް ނޫން ކިޔަނީ. "مرحبا" ކިޔަނީ. މި ލަފުޒު ތާނަ އަކުރުން ލިޔާއިރު، ތިކި ޖަހަން ޖެހޭނީ "ހ" ގެ ތިރީގައި. "ހ" ގެ މަތީގައެއް ނޫން. "މަރުޙަބާ" ("ހ" ގެ ތިރީގައި އޮތް ތިކި އެއޮތީ، "ރ" ގެ ތިރީ ފައިކޮޅާ އެއްވެފައި) މިގޮތަށް ލިޔަންޖެހޭނީ. ޢަރަބި ލަފުޒެއް ތާނަ އަކުރުން ލިޔާއިރު، ތިކި ޖަހަންޖެހޭ އަކުރުތަކުގެ މަތީގައި ތިކި ޖަހަން ޖެހެނީ، އެ ލަފުޒު ޢަރަބި އަކުރުން ލިޔެފައި އޮންނައިރު، އަކުރުގެ މަތީގައި ތިކި ޖަހާފައި އޮންނަ އަކުރުތަކުގައި. އެއީ: ث(ޘ)، خ(ޚ)، ذ(ޛ)، ش(ޝ)، ض(ޟ)، ظ(ޡ)، غ(ޣ)، ق(ޤ) މި އަކުރުތަކުގައި. މީގެ އިތުރަށް، "و"(ޥ) ލިޔާއިރު، މަތީގައި ތިކި ޖަހައިގެން ލިޔާގޮތަށް، މިކަމާގުޅޭ ގަވާއިދުގައި އޮވޭ. ނަމަވެސް، "و" ތާނަ އަކުރުން ލިޔާއިރު، ޢާންމުކޮށް ތިކި ޖަހައިގެން ލިޔެއެއް ނޫޅޭ. ދެން، ޢަރަބި ލަފުޒުތައް ތާނަ އަކުރުން ލިޔާއިރު، ތިކި ޖަހަންޖެހޭ އަކުރުތަކުގައި ތިކި ޖަހަން ޖެހޭނީ އަކުރުގެ ތިރީގައި. އެއީ: ح(ޙ)، ص(ޞ)، ط(ޠ)، ع(ޢ) މި އަކުރުތައް.

Leave a Reply

Your email address will not be published. Required fields are marked *