އަދި ކޯވިޑް-19 އާއި އެނޫންވެސް ޤުދުރަތީ ކާރިސަތަކާ ކުއްލި ޙާލަތްތަކުގައި ސަރފް އިން ފޯރުކޮށްދޭ އަވަސް އެހީތެރިކަމުގެ ސަބަބުން މިފަދަ ކަންކަމުގެ ސަބަބުން އިންސާނިއްޔަތަށް ކުރާ ނޭދެވޭ އަސަރުތައް ވަރަށް ބޮޑުތަނުން މަދުކުރެވިގެންދާކަމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އދގެ ސެންޓްރަލް އިމަރޖަންސީ ރެސްޕޯންސް ފަންޑް (ސަރފް) ގެ މިއަހަރުގެ ހައި-ލެވެލް ޕްލެޖިންގ އިވެންޓްގައި ބައިވެރިވެ ވަޑައިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައިވެރިވެވަޑިގެން ދެއްކެވި ވާހަކަ ފުޅުގައި ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ސަރފްގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އެގޮތުން ބަލިމަޑުކަމާ ކުރިމަތިލުމަށް ބޭނުންވާ އެހީތެރިކަން ވަރަށް އަވަހަށް، ކޮންމެހެން ބޭނުންވާ ދިމަދިމާއަށް ފަންޑުން ފޯރުކޮށްދިންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކޯވިޑް-19 އާއި އެނޫންވެސް ޤުދުރަތީ ކާރިސަތަކާ ކުއްލި ޙާލަތްތަކުގައި ސަރފް އިން ފޯރުކޮށްދޭ އަވަސް އެހީތެރިކަމުގެ ސަބަބުން މިފަދަ ކަންކަމުގެ ސަބަބުން އިންސާނިއްޔަތަށް ކުރާ ނޭދެވޭ އަސަރުތައް ވަރަށް ބޮޑުތަނުން މަދުކުރެވިގެންދާކަން ޚާއްސަ ގޮތެއްގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އެންމެ ބޮޑަށް އެހީ ބޭނުންވެފައިވާ ސަރަހައްދުތަކަށް އެހީ ފޯރުކޮށްދިނުމުގައި އަންހެނުންނާއި ކުޑަކުދިން އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ސަރފް އިން ޚާއްސަ އަހައްމިއްޔަތުކަމެއް ދެމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އެހީ ކޮންމެހެން ބޭނުންވާ ސަރަހައްދުތައް ދެނެގަނެ، ކަމުގެ މާހިރުންގެ ލަފަޔާއެކު ފޯރުކޮށްދިނުމަށްޓަކައި ސަރފްއިން ފޯރުކޮށްދޭ އެހީ އދގެ އެކި އެޖެންސީތައް މެދުވެރިކޮށް ފޯރުކޮށްދިނުން މުހިއްމުކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
"އަ ފަންޑް ފޮރ އޯލް، ބައި އޯލް"، މި ޝިއާރުގެ ދަށުން ވަރޗުއަލްކޮށް ބޭއްވި މި އިވެންޓް އިންތިޒާމުކުރީ ޔުނައިޓެޑް ނޭޝަންސް އޮފީސް ފޮރ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއަރޒް އިންނެވެ. މި އިވެންޓްގައި މިއަހަރު ފަންޑުން ހޯދި ކާމިޔާބީތައް ފާހަގަކޮށް، 2021 ވަނަ އަހަރަށް ފަންޑަށް އެހީތެރިވެދިނުމަށް ޤައުމުތަކުން ކަނޑައަޅާ މިންވަރު ހާމަކޮސްފައިވެއެވެ.
އިންސާނީ އެހީ ފޯރުކޮށްދިނުމުގައި އަވަސް އަދި ހަރުދަނާ ނިޒާމެއް ޤާއިމްކުރުމުގެ ބޭނުމުގައި ސެންޓްރަލް އިމަރޖަންސީ ރެސްޕޯންސް ފަންޑް އެކުލަވާލުމާށް ނިންމީ 2005 ވަނަ އަހަރު އދގެ ޢާއްމު މަޖިލީހުންނެވެ. 2006 ވަނަ އަހަރު މި ފަންޑް ޤާއިމްކުރެވުނު ފަހުން 100 އަށްވުރެ ގިނަ ޤައުމުތަކަށް 5.5 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ މި ފަންޑުން ފޯރުކޮށްދީފައިވެއެވެ.
ކޮމެންޓު ފޮނުވާ