އެމްޑީޕީގެ ކެމްޕެއިން ނިންމާނީ މިއަދު ހަވީރު ސޯޝަލް ސެންޓަރުން އުސްފަސްގަނޑަށް އޮންނަ ހިނގާލުމަކުން

އެމްޑީޕީގެ ކެމްޕެއިން ނިންމާނީ މިއަދު ހަވީރު ސޯޝަލް ސެންޓަރުން އުސްފަސްގަނޑަށް އޮންނަ ހިނގާލުމަކުން

Author
ހުސެއިން
29 ސެޕްޓެމްބަރ 2023 11:18
0

މާދަމާ ބޭއްވޭ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ލުމުގެ ކުރިން، "އުފާވެރި އަމާން ރާއްޖެ" ކެޕްނޭނުން ބާއްވާ އެންމެ ފަހުގެ އިވެންޓު މިއަަދު ހަވީރު ބާއްވާ ހިގާލުމެއްގެ ގޮތުގައި ބޭއްވުމަށް ނިންމައިފިއެވެ.

ރައީސް ސާލިހުވެސް ބައިވެރިވެވަޑައިގަންނަވާ މި ހިގާލުން މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު، ސޯޝަލް ސެންޓަރުން އުސްފަސްގަޑަށެވެ. ހިގާލުން ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 ގައެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ އެންމެ ފަހު ޖަލްސާ އެމްޑީޕީންވަނީ އެޕާޓީގެ ސޯސަން ޖަގަހަ ކުރިމަތީގައި ރޭ ބާއްވާފައެވެ. އަދި ރައީސް ސާލިހު ވަނީ ފާއިތުވި 3 ދުވަހުގެ ތެރޭގައި، ދެކުނުގެ އެންމެ ބޮޑު ތިން ސިޓީ ކަމުގައިވާ އައްޑޫ ސިޓީ، ފުވައްމުލަށް ސިޓީ އަދި ތިނަދޫ ސިޓީއަށް ވަޑައިގެންފައެވެ.

މި އިންތިޚާބުގައި ވާދަކުރާ އިދިކޮޅު ކެނޑިޑޭޓުގެ ކެމްޕޭން ނިންމުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު އާރުޓިފިޝަލް ބީޗުގައި ބާއްވާ ޚާއްސަ އެއްވުމަކުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.