ރާއްޖެއިން ކޯވިޑް-19އަށް އިތުރު 35 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެ 18:00 އިން ފެށިގެން މިއަދު 18:00 އާ ހަމައަށް ޕޮޒިޓީވްވި 35 މީހުންގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 31 މީހުންނާއި، އަތޮޅުުތަކުގެ ރަށްތަކުން ޕޮޒިޓިވްވެފައިވަނީ 4 މީހަކެވެ.
މިއާއެކު ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 13،248 އަށް އަރާފައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވެފައިވަނީ 50 މީހެކެވެ. އެހެންކަމުން މިހާރު ރާއްޖެއިން މިބަލިން 12،487 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑަށް ޕޮޒިޓިވްވެ 707 މީހަކަށް ފަރުވާދެމުން އަންނައިރު އޭގެތެރެއިން 69 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޮޓަލިގައި އެޑްމިޓްކޮށްގެންނެވެ.
ކޯވިޑަށް ޓެސްޓްކުރުމަށް ފާއިތުވި 24 ގަޑިއިރު ނެގި 1،748 ސާމްޕަލާއެކު ޖުމްލަ 259،462 ސާމްޕަލެއް ނަގާފައިވެއެވެ. މިހާތަނަށް 47 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.
ކޮމެންޓު ފޮނުވާ