ރައްޔިތުންގެ ތާއީދު މިސަރުކާރަށް ގެއްލި ރައްޔިތުންގެ ނުރުހުން އިންތިހާއަށް އަމާޒުވުމުން، ކައުންސިލް އިންތިޚާބާއި ދިމާކޮށް މިސަރުކާރަކީ އެމްޑީޕީ ސަރުކާރެއް ނޫންކަމަށް ރައްޔިތުންނަށް ދައްކަން އުޅުނަސް އެކަމެއް ނުވާނެކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ކެމްޕެއިން ކުރުމަށް އޮތް ހުރަސް ތަކާއިއެކުވެސް އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕްގެ ބޭފުޅުންނާއި، ލ.މާވަށުގެ ރައްޔިތުން ވީޑިއޯގެ ޒަރީއާއި މިރޭ ބާއްވާ ޖަލްސާގައި ވާހަކަ ދައްކަވަމުން ހުސެން ވިދާޅުވީ ކުރިއަށް އޮތީ ވަރަށްބޮޑު ހަގުރާމައެއް ކަމަށެވެ. މިހަގުރާމައާއި ދިވެހި ރައްޔިތުން ކުރިމަތިލަނީ ރާއްޖޭގެ ތަރައްޤީގެ ބާނީ ޖަލުގައި ނުހައްގުން ދެމުންދާ އަނިޔާގެ ހިއްދަތިކަން އިހުސާސު ކުރަމުންދާ ވަގުތެއްކަމަށެވެ.
މިހަގުރާމައާއި ދިވެހި ރައްޔިތުން ކުރިމަތިލާއިރު، ރައީސް ޔާމީންގެ އިލްތިމާސަކީ ޤައުމާއި ރައްޔިތުންގެ ހައްޤުގައި ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ބޮޑުތަނުން ކާމިޔާބުކޮށް މިސަރުކާރު ބޮޑުތަނުން ބަލިކުރުން ކަމަށެވެ. މިކަން ވިޔަ ނުދިނުމަށް ސަރުކާރުން ޚާއްސަކޮށް ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީން ރައްޔިތުންގެ އިތުބާރު ސަރުކާރަށް ގެއްލުން މިސަރުކާރާއި މިހާރު ހަވާލުވާން ބޭނުން ނުވާކަމަށް ހުސެން ވިދާޅުވިއެވެ. ނަމަވެސް މިވެރިކަން އިންތިޚާބަކާއި ދިމާވެ ރައްޔިތުންގެ ތާއީދު ހޯދަން އެމްޑީޕީގެ ސަރުކާރަކަށް ނަހަދަން ކިތަންމެ ވަރަކަށް އުޅުނަސް އެކަމެއް ނެދެއް ނުވާނެކަމަށެވެ.
މިއަދު ރައީސް ޔާމީންގެ އިލްތިމާސަކީ ހުރިހާ ރައްޔިތުން އެއްބައިވަންތަ ކަމާއިއެކު ބަދަހި ސަފުތަކާއިއެކު މިސަރުކާރު ބަލިކުރަން. ކައުންސިލް އިންތިޚާބުގައި މިސަރުކާރު ބޮޑުތަނުން ބަލިކުރަން. މިފަހަރުވެސް ރަށްވެހި ފަތިސް ނަމުގައި ފޮޓޯތައް ހިފައިގެން ދާނެ. މިއަދު މުޅި ރާއްޖޭގެ ސުޕަމެޖޯރިޓީ އޮތީ އެމްޑީޕީގަ. މި މެޖޯރިޓީން ދައުލަތް ދަވާލައި، ވައްކަންކޮށް ރައްޔިތުންނަށް އަނިޔާ ދިނުން ނޫކަމެއް ނުކުރޭ. މިފަހަރު ރައްޔިތުން އެފުރުސަތު ދީގެން ނުވާނެ.
– ހުސެން ވިދާޅުވިއެވެ.
ހުސެން ވިދާޅުވީ އިންތިޚާބާއި ދިމާކޮށް ސަރުކާރުން ކުރާ ކަންކަމާއި ދައްކާ ފޮޓޯތައް އިތުރުވެ، ކުލަހުވަފެންތައް ދައްކަމުންދާ މިންވަރު އިތުރުވަމުންދާކަމަށެވެ. ނަމަވެސް ދިވެހި ރައްޔިތުން މިފަހަރު ދައްކާ އެއްވެސް ކުލަ ހުވަ ފެނަކަށް އިޖާބަ ނުދީ މިސަރުކާރު ބޮޑުތަނުން ބަލި ކުރަންޖެހޭކަމަށް ހުސެން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ