ގެސްޓްހައުސްތައް ހުޅުވަން ކައުންސިލްތަކުގެ ހުއްދަ ނަގަން ނުޖެހޭނެ: ޓުވަރިޒަމް މިނިސްޓްރީ

ގެސްޓްހައުސްތައް ހުޅުވަން ކައުންސިލްތަކުގެ ހުއްދަ ނަގަން ނުޖެހޭނެ: ޓުވަރިޒަމް މިނިސްޓްރީ

Author
މުޙައްމަދު ޝަޒައިމް
08 ޑިސެމްބަރ 2020 08:56
0

މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ޓޫރިސްޓް ހޮޓެލް އަދި ޓޫރިސްޓް ގެސްޓްހައުސްތައް އަލުން ހުޅުވުމުގެ ހުއްދަ ދިނުމުގެ ކުރިން، ފަތުރުވެރިކަމަށް ރަށް ހުޅުވާލުމާއިމެދު ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލުގެ އިއުތިރާޒެއް ނެތްކަމަށް މިމިނިސްޓްރީއަށް ހުށަހަޅަން ނުޖެހޭނެކަމަށް ޓުވަރިޒަމް މިނިސްޓްރީން ކަނޑައަޅަިއފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެގޮތުން ރާއްޖޭގެ ގެސްޓްހައުސްތައް ބަންދުކުރުމަށްފަހު، އަލުން ގެސްޓްހައުސްތައް ހުޅުވުމަށް ނިންމައި އާންމު ރައްޔިތުންނާއި، ފަތުރުވެރިންނާއި އަދި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އަލުން ހުޅުވުމުގެ ހުއްދަ ދިނުމުގައި ޓޫރިޒަމް މިނިސްޓްރީއިން އަމަލުކުރަމުންއައި އުސޫލަށް، ބަދަލު ގެނައީ ހާލަތު ރަނގަޅުވަމުން އަންނަ އައުމަށް ރިއާޔަތްކުރުމަށްފަހުއެވެ.

ޓޫރިމިނިސްޓްރީއިން އަމަލުކުރަމުންއައި އުސޫލަށް ބަދަލުގެނެވުނު ކަމުގައިވީނަމަވެސް، ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެގޮތުން މިފަދަ ތަންތަނުގައި އަމަލުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލައި އާންމުކުރައްވާފައިވާ ގައިޑްލައިން "ޕަބްލިކް ހެލްތް އިންޓަވެންޝަންސް ޓު ރިޑިއުސް ދި ރިސްކް އޮފް ޓްރާންސްމިޝަން އޮފް ކޮވިޑް-19 އިން ދި ޓޫރިޒަމް ސެކްޓަރ" ގައި ބަޔާންކުރައްވާފައިވާ ފަދައިން ރަށެއް ހުޅުވާލުމުގެކުރިން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަވެފައިވާކަން ކައުންސިލްތަކާއި އަދި ގުޅުންހުރި އެހެން އިދާރާތަކާއިއެކު ޓޫމިނިސްޓްރީއިން ބަލަމުން ގެންދާނެކަމަށް ޓޫރިޒަމް މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އަދި ގައިޑްލައިންގައި ފާހަގަކޮށްފައިވާ ކަންކަން ފުރިހަމަވެފައިވާކަން ބަޔާންކޮށް ޓޫމިނިސްޓްރީއަށް ހުށައަޅަމަށް އާ ފޯމެއް ކައުންސިލްތަކަށް ފޮނުވާނެ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވިއެވެ. އަދި، 15 ޑިސެމްބަރ 2020 ވަނަ ދުވަހުން ފެށިގެން މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ޓޫރިސްޓް ހޮޓެލް އަދި ޓޫރިސްޓް ގެސްޓްހައުސްތައް ހުޅުވުމަށް މިގޮތުގެމަތިން އަމަލުކުރަމުން ގެންދިއުމަށް ލޯކަލް ކައުންސިލްތަކަށް ވަނީ އަންގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.