ރާއްޖެއަށް މިހާ ބޮޑު ކުރިއެރުމެއް ހޯދައި ދިން ރައީސް ދެވަނަ ދައުރަކަށް ހޮވައިދީ: އިލްޔާސް

ރާއްޖެއަށް މިހާ ބޮޑު ކުރިއެރުމެއް ހޯދައި ދިން ރައީސް ދެވަނަ ދައުރަކަށް ހޮވައިދީ: އިލްޔާސް

Author
އަހުމަދު
27 ސެޕްޓެމްބަރ 2023 03:12
0

ރާއްޖޭގެ އެއްވެސް ރަށެއް ތަފާތުކުރުމެއް ނެތި ފަސް އަހަރުގެ ތެރޭގައި އެއްވެސް ވެރިއަކު ނުކުރައްވާ ވަރަށް މަސައްކަތް ކުރައްވައި ބޮޑު ކުރިއެރުންތަކެއް ގެނެސްދެއްވި ބޭފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ރާއްޖޭގެ މަޝްހޫރު އިލްމުވެރިޔާ އިލްޔާސް ހުސެއިން މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ރައީސް އައްޑު ސިޓީ އަށް ވަޑައިގެން ކެމްޕެއިން ޓީމުތަކާ އެކީގައި ބޭއްވެވި ބައްދަލުވުމުގައި އިލްޔާސް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަން ކުރިމަތިވެފައި އޮތް އިރު، އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް އެމްޑީޕީގެ ބޭފުޅުން ކުރި މަސައްކަތް ހަނދާން ހުންނެވި ކަމަށެވެ. އަދި އޭނާގެ އަތުގައި ހިފައިގެން ނުކުންނެވީ ވެސް އެމްޑީޕީން ކަމަށް އިލްޔާސް ވިދާޅުވިއެވެ.

"އެ ދުވަހު ރައީސް ސޯލިހްގެ އަފްޕުޅުގައި ހިފައިގެން އަތް މައްޗަށް ނަންގަވާފައި ވިދާޅުވީ ތާއީދުކުރަމޭ. އެހެން އެއްވެސް ޖުމްލައެއް ނުދަންނަވަން. އެ ދުވަހުން ފެށިގެން މިއަދާ ހިސާބަށް މުޅީ ދުނިޔެ އާއި ރާއްޖެ އަށް އާލަމީ ވަބާއެއް ކުރިމަތިވި. ދެ އަހަރު ލިބުނީ، އެ ދެ އަހަރުގެ ތެރޭގައި ރައީސް ދެއްކެވި މިންނެތް މަސައްކަތް، ހިކުމަތު އަމަލީ، ކެތް ނުކުރެވިގެން އަޅުގަނޑު ރައީސްގެ އަރިހުގައި ދެންނެވިން ކިހިނެތްތޯ އެ ހައްދަަނީ. ރައީސް ވިދާޅުވީ ކެތްތެރިކަމާއި މަޑުމައިތިރިކަމާއެކު ކަންކަން ކުރިއަށް ގެންދިއުމަށް ވިދާޅުވީ ޝެއިހް އެއް ނޫންހޭ." އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ ކޮވިޑްގެ ވަބާ އާ ގުޅިގެން އެ އޯގާތެރިކަމާއި މަޑުމައިތިރިކަން ދައްކައިގެން ގައުމަށް ލިބިފައިވާ އަމާންކަމާއި ހަމަޖެހުން ގެއްލިގެންދާނެ ކަމުގެ ބީރު ހީވެފައިވާ ކަމަށެވެ. އެހެންވެ، ރައީސް ސޯލިހަށް ތާއީދުކޮށްދިނުމަށް ރާއްޖޭގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

"ކުދިބޮޑު އެއްވެސް ރަށެއް ތަފާތު ކުރުމެއްނެތި ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެއްވެސް ބޭފުޅަކު ކޮށް ނުދެއްވާހާ މިންވަރަށް މިންނެތް މަސައްކަތް އެ ކޮށްދެއްވީ" ރައީސް ސޯލިހް، ރާއްޖެ އަށް ގެނެސް ދެއްވި ތަރައްގީ އަށް އިޝާރާތް ކުރައްވައި އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ ދެވަނަ ދައުރަކަށް ރައީސް ސޯލިހް ހޮވަން ޖެހެނީ އަމާން ރާއްޖެ އަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދިނީމައެވެ.

"އަމާން، އޮމާން ބާއްޖަވެރި ގޮތްތަކުގައި ދެމިތިބެން ބޭނުން ނަމަ، އެކަން ކޮށް ދެއްވާށޭ. ފަހަތަށް ޖެހިވަޑައިނުގަންނަވާށޭ." އިލްޔާސް ވިދާޅުވިއެވެ.

ޑޮލަރުގެ ދަތިކަން ވިޔަފާރިވެރިންނަށް ކުރިމަތިވެފައިވާ ކަމުގެ ޝަކުވާ ލިބިވަޑައިގެންފައިވާ ކަމަށާއި އެ ދަތިކަން ވެސް ފިއްލަވައި ދެއްވާނީ ރައީސް ސޯލިހް ކަމަށް އިލްޔާސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.