ދިވެހި ޒުވާން ފިރިހެނަކު ގެއްލިގެން ހޯދަމުންދާތާ 10 ދުވަސް ފަހުން އޭނާ މާލެ އިން ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ގޮސްފައި ވަނީ ހދ. މަކުނުދޫ ސިތާރާމަންޒިލް ނާތިފް އަބްދުއްސަލާމް (28އ) އެވެ. އަދި އޭނާ އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 17 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެއާއެކު އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށައިފައެވެ.
ފުލުހުން އެއިރު ވިދާޅުވިގޮތުގައި، އޭނާ އެންމެ ފަހުން ފެނިފައި ވަނީ ސެޕްޓެމްބަރު 15 ދުވަހު ކަަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ. ފުލުހުން މިއަދު ހެނދުނު ވިދާޅުވިގޮތުގައި އޭނާ ރޭގެ ވަގުތެއްގައި މާލެއިން ވަނީ ފެނިފައެވެ. އަދި އޭނަގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މިފަހަކަށް އައިސް ގެއްލިގެން ރިޕޯޓް ކުރާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. އާއްމުކޮށް މިގޮތަށް ގެއްލިގެން ރިޕޯޓް ކުރާތާ މާ ގިނަ އިރުތަކެއް ނުވަނީސް އެ މިހާ ފެނިގެން ފުލުހުން އެ މައުލޫމާތު ހިއްސާ ކުރެއެވެ.
ކޮމެންޓު ފޮނުވާ