މާލޭ މަގުމައްޗަށް ވެއްޓިފައި އޮތް މީހަކު އައިޖީއެޗަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
ފުލުހުން ބުނެފައިވަނީ "ދެވިނަ" މަގުގައި ވެއްޓިފައިވާ 44 އަހަރުގެ ދިވެހި ފިރިހެނަކު އޮތް ކަމުގެ މައުލޫމާތު މިއަދު 14:03 ހާއިރު ފުލުހުންނަށް ލިބިފަކަމަށެވެ. ފުލުހުން ބުނީ މިރިޕޯޓް ލިބުމާއި ގުޅިގެން ވެއްޓިފައިވާ މީހާ ފުލުހުންގެ ވެހިކަލްގައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މިމީހާ ވަނީ އައިޖީއެމްއެޗްގައި ދަރުވާ ދެމުން ދަނިކޮށް ނިޔާވެފައިކަމަށް އައިޖީއެމް ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ. މިހަދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ