އެމްޑީޕީއަށް ނިސްބަތްވާ ހދ. އަތޮޅު ކައުންސިލް ރައީސް ސިރާޖު ޕީޕީއެމްއާއި ގުޅިއްޖެ!

އެމްޑީޕީއަށް ނިސްބަތްވާ ހދ. އަތޮޅު ކައުންސިލް ރައީސް ސިރާޖު ޕީޕީއެމްއާއި ގުޅިއްޖެ!

Author
މުޙައްމަދު ޝަޒައިމް
22 ސެޕްޓެމްބަރ 2023 10:31
0

ހދ. އަތޮޅު ކައުންސިލް ރައީސް މުހައްމަދު ސިރާޖު އެމްޑީޕީ ދޫކޮށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާިއ ގުޅިއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޑރ. މުއިއްޒު ބައިވެރިވާ ކުޅުދުއްފުށީ ޖަލްސާގައި ސިރާޖު ޕީޕީއެމްއަށް ސޮއިކޮށް ފޯމު ހަވާލު ކުރެއްވީ ޑރ. މުއިއްޒުއާއި، ޕީޕީއެމް ޕީއެންސީ ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމާއިއެވެ. ސިރާޖަކީ ކައުންސިލް ރައީސް ކަމުގެ މަޤާމަށް އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުވި ބޭފުޅެކެވެ.

މިރޭ ކުޅުދުއްފުށީގައި އޮތް ޖަލްސާގައި ގިނަ އަދަދެއްގެ ޒުވާނުންވެސް ވަނީ ޕީޕީއެމްއާއި ގުޅިފައެވެ. މިފޯމުތަކާއިވެސް ހަވާލުވީ މުއިއްޒުއެވެ. މުއިއްޒު ކެމްޕޭނަށް ކުރައްވާ ދަތުރުގައި ގިނަ އަދަދެއްގެ ކައުންސިލް މެމްބަރުންނާއި، އެމްޑީޕީއަށް ތާއީދުކުރާ ބޭފުޅުން ގެންދަނީ މުއިއްޒަށް ތާއީދުކޮށް ޕީޕީއެމްއާއި ގުޅެމުންނެވެ.

އިންތިޚާބު ކާމިޔާބު ކުރުމަށްފަހު އެއްވެސް ތަފާތެއްނެތި ޚިދުމަތް ދެއްވާނެކަމުގެ ޔަގީންކަން މުއިއްޒުވަނީ ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.