ފ. ނިލަންދޫގެ ފިޔާތޮށި ލަޝްކަރު އެކީ ނިކުމެ، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް އޮތް ތާއީދު ދައްކާލައިފިއެވެ.
މިއަދު ހަވީރު ނިލަންދޫ ރައްޔިތުން ވަނީ އިންތިޚާބުގެ ދެވަނަ ބުރަށް އެރަށުގައި ފޯރީގައި ކުރަމުންދާ ކެމްޕޭންގައި ބޮޑު ސައިކަލު ބުރެއް ބާއްވާފައެވެ. މިސައިކަލު ބުރުގައި އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. މުއިއްޒުއަށް ތާއީދުކޮށް ނިލަންދޫގައި ބޭއްވި ސައިކަލު ބުރުގައި އެރަށުން މުއިއްޒަށް ބޮޑު ޢައުލަބިއްޔަތެއް ހޯދައި ދޭނެ ކަމަށާއި، ނިލަންދޫ ރައްޔިތުންގެ އައުލަބިއްޔަތު އޮތީ ކޮން ގޮތަކަށް ކަންވަނީ ދައްކާލާފައެވެ.
ޕީޕީއެމް/ޕީއެންސީއަށް ބޮޑު އައުލަބިއްޔަތެއް އޮންނަ ނިލަންދޫގައި ބޭއްވި ސައިކަލު ބުރަށްފަހު ސަޕޯޓަރުން ވަނީ އެބޭފުޅުންގެ ޝުއޫރުތައްވެސް ފާޅުކޮށްފައެވެ. އެގޮތުން ބައެއް ބޭފުޅުން ވަނީ ނިލަންދޫގެ ތަރައްޤީއާއި ގުޅިފައިވަނީ ޑރ. މުއިއްޒު އާއި ކަމަށާއި، މުއިއްޒު އިންތިޚާބު ކުރުމަށް ކުރާ މަސައްކަތުގައި ކުރިއަށް އޮތް 7 ދުވަހު ދެގުނަ އިތުރަށް މަސައްކަތް ކޮށް ބޮޑު މަޖޯރިޓީއެއް އެރަށުން ހޯދާ ދޭނެކަމަށެވެ.

މުއިއްޒު ވަނީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ނިލަންދޫއަށް ވަޑައިގެންފައެވެ. އެރަށުން މުއިއްޒުއަށް ވަޏީ ވަރަށް ހޫނު މަރުޚަބާއެއް އެފަހަރުވެސް ދަންނަވާފައެވެ. ނިލަންދޫއަކީ އަބަދުވެސް ޕީޕީއެމް/ޕީއެންސީއަށް ވަރަށް ތާއީދު ބޮޑު އެފިކުރުގެ ސަޕޯޓަރުން ގިނަ ރަށެކެވެ.
ކޮމެންޓު ފޮނުވާ