އިރުތިޝާމްގެ ރައްދެއް ދީދީއަށް: ޤައުމީ ވާޖިބު ހަނދާންނެތި ސިޔާސީ ކުންފުނިން މަޤާމު މުހިންމުވުމަކީ ދެރަކަމެއް!

އިރުތިޝާމްގެ ރައްދެއް ދީދީއަށް: ޤައުމީ ވާޖިބު ހަނދާންނެތި ސިޔާސީ ކުންފުނިން މަޤާމު މުހިންމުވުމަކީ ދެރަކަމެއް!

Author
އައިޝަތު އަޙްމަދު
22 ސެޕްޓެމްބަރ 2023 10:39
0

ދިވެހި އަސްކަރިއްޔާގައި ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅުން، ސިޔާސި މަޤްޞަދަށްޓަކައި ރައްޔިތުންގެ ސަލާމަތާއި ހައްގު ރައްކާތެރިކުރެއްވުމުގެ ޤައުމީ ވާޖިބު ހަނދާންނެތި، އެ ބޭފުޅުންގެ އަމިއްލަ ސިޔާސީ ކުންފުނިން މަޤާމު މުހިންމުވުމަކީ ދެރަކެއްކަމަށް ވިދާޅުވެ، ސްޓެލްކޯގެ ޗެއަރމަން، ބްރިގޭޑިއަރޖެނެރަލް ރިޓަޔަރޑް އިބްރާހީމް މުޙައްމަދު ދީދީއަށް ކުރީގެ ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމް ރައްދު ދެއްވައިފިއެވެ.

އިރުތިޝާމް މިފަދައިން ރައްދު ދެއްވީ ބޭރުގެ ސިފައިން ބޭރުކުރަން ވޯޓު ލިބޭ ޕަސެންޓް މަތިކުރުން ވަރަށް މުހިންމުކަމަށް ޑރ.މުޢިއްޒު ވިދާޅުވުމުން އެކަމަށް އިބްރާހީމް ދީދީ ފާޑުވިދާޅުވުމުންނެވެ. އިބްރާހީމް މުަހއްމަދު ދީދީ ވިދާޅުވީ، ޑރ.މުއިއްޒު ކުރައްވަން އުޅުއްވާ ކަމަކީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ނުރައްކަލުގެ ތެރެއަށް ވައްޓާލައްވާ، މިޤައުމާއި ޤައުމު ހިމެނޭ ސިއްތިރާޖީ ސަރަހައްދު ހަމަނުޖެހުމަށް ވައްޓާލުންކަމަށެވެ.

އިބްރާހީމް މުޙައްމަދު ދީދީގެ އެ ވާހަކަފުޅަށް ރައްދު ދެއްވައި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ސްޕެޝަލް އެޑްވައިޒަރ އަދި ކުރީގެ ހެލްތު މިނިސްޓަރ އިރްތިޝާމް އާދަމް ވިދާޅުވީ އެންމެ ދެރަކަމަކީ ހުވާ ކުރައްވައިގެން ތިއްބެވި އެމްއެންޑީއެފްގަ ގިނަ ދުވަހު އުޅުއްވާ އަދި އުޅުއްވި ބައެއް ބޭކަލުން ސިޔާސީ މަސައްކަތުގައި ރައްޔިތުންގެ ސަލާމަތާއި ހައްގު ރައްކާތެރިކުރުމުގެ ޤައުމީ ވާޖިބު ހަނދުމަފުޅު ނެތި އެބޭފުޅެއްގެ އަމިއްލަ ސިޔާސީ ކުންފުނިން މަޤާމު މުހިންމުވުންކަމަށެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމްވެ ތިބިކަމަށް ރާއްޖޭގެ ގިނަ ސިޔާސީ ލީޑަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ނ. ލަންދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ މި ވަގުތު އެންމެ މުހިންމީ ރާއްޖޭގެ މިނިވަންކަން ކަށަވަރުކޮށްދިނުން ކަމަށެވެ. އެމަނިކުފާނުގެ ވެރިކަމެއްގައި ހާއްސަ އިސްކަމެއް ދެއްވައިގެން އެންމެ ފުރަތަމަ ވެސް ކުރައްވާނެ ކަމަކީ އެއީ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ރާއްޖޭގައި މިހާރު ބޭރުގެ ސިފައިން ތިބިކަން ޔަގީންވެފައިވާ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ރިޔާސީ ބަހުސްގައި އެކަމަށް އެއްބަސްވެވަޑައިގެންނެވި ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ބޭރުގެ ސިފައިން ތިބީ މިލިޓަރީ ބޭނުމަކު ނޫން ކަމަށް ރައީސް ވިދާޅުވުމުން، އެ މީހުން މިތަނުގައި ތިބުމުގެ ބޭނުމެއް ނެތް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ގ ގައްދާރު
ނޮވެމްބަރ 3 ގަ ހެންވޭރު ގެއެއްގެ ސިޓިންގ ރޫމް ގޮޑިސެޓު ފަގަތުގަ ފިލާ އޮތް މީހެއް މީ ބިރުން. މިހާރު ސްޓެކްކޯގެ ޗެއަރމަން ކަން ކުރަމުބް ފްކެޓެއްވެސް މީނައަށް ހައްގުވެއްޖެ! އަޅެއަޖައިބެއް ނުން؟؟؟ މިފެންވަރުގެ ގައްދާރުން
ޜ ޜަނަޑިއެއް
ތި އިރުތިސާމުގެ ހަގީގަތްވެސްލިޔެލިނަމަ. ޜަމްޑިއެއް
ޢ ޢައިޝާފް
ކުރީގައިހީކުރީ ދީދީ އާއި ޢާޢިލާއަކީ ތަޢްލީމީ ވަޒަންދެކެލޯބިވާ ބައެއްކަމަށް. ޢެކަމަކު ދީދީ މަޤާމުގެ ބޭނުމުގައި ތިދެއްކިވާހަކައާއި މިނިސްޓަރ ކަމުގައި ކުރިޔަށްއޮތް 5 އަހަރު ހުރެވޭތޯބެލުމުގެ ބޭނުމުގައި ތިމާގެ އަގުވެއްޓުނުކަސް އެންމެރަނގަޅުގޮތަކީ ސޯލިޙް ދެވަނަ ދައުރަކަށް ހޮވޭތޯ ވޯޓްހޯދަންސަލާންޖެހުންކަމަށްދެކި ދީދީގެ ދައްތަ ޑޯރ ޓު ޑޯރ އަށް ސަލާންޖަހަން ވަޑައިގަތުމުން އެނގެނީ ތިބޭފުޅުންނަކީ އަމިއްލަ އެދުމުން ފުރިގެންވާބައެއްކަން. ޙިތަދޫ ރައްޔިތުން ދީދީ އަށް މަޖްލިސްގެ ދެވަނަ ދައުރެއްނުދިނުމަށްނިންމި ސަބަބު މިހާރު މިހާމަވީ!
އ އެލެކްސް
ތިކަހަލަ ގައްދާރުއްނާ ދޭތެރޭ އެއްމެ ހަރުކަށި ފިޔަވަޅުއަޅަންޖެހޭނެ
ނ ނުރަބޯ
ޣައްދާރު ދީދީ.
ބ ބޯގޯސްް
މިސަރުކާރުންް ބަލަނީީ ބޯގޯސްމީހުންހޮވައިގެންް ސަރުކާރުު ކުރިއަރުވަންް އެމީހުންގައުމެއްބޭނުމެއްނުވާނެެ ފެންނާނީީ އަމިއްލަޖީބުތައްް